ފަހަތުންއަރާ ލަނޑާގިރާވަރު ބަލިކޮށް ޑުސިޓް ފައިނަލަށް

ކުޅިވަރު
ޑުސިޓްއާއި ލަނޑާގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޕްލޭ-އޮފް ފައިނަލްގައި ފީސޯޒަންސް އެޓް ލަނޑަގިރާވަރު އަތުން 4- 2 އިން މޮޅުވެ ޑުސިޓް ތާނީ (މުއްދޫ) މުބާރާތުގެ ފައިނަލުން އިއްޔެ ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހު ކުޅޭ ފައިނަލުގައި ޑުސިޓް އާ ދެކޮޅަށް ނުކުންނާނީ ސޮނެވާފުށީ ރިސޯޓް އެވެ.

މެޗުގެ 7 ވަނަ މިނިޓުގައި ސިދުގީ ހެދި ޝޮޓް މުއްދޫ ކުޅުންތެރިއެއްގެ ގައިގައިޖެހިވަތް ލަނޑުން ލަނޑާގިރާވަރު ލީޑު ހޯދައިވައިވަނިކޮށް މެޗުގެ 27 ވަނަ މިނިޓްގައި ޑުސިޓްގެ ފައްތާހު ވަނީ ލަނޑެއްޖަަހައި އެއްވަރުކޮށްދީފަ އެވެ. އަދި 36 ވަނަ މިނިޓްފަހުން އަނެއްކާވެސް ފައްތާހުވަނީ ޑުސިޓަށް ލަނޑެއް ޖަހައިދީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ ދެ މިނިޓްފަހުން އިސްމާއިލް ރަޝީދުވަނީ ޑުސިޓްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ޑުސިޓަށް ލިބުނު ޕެނަލްޓީއަކުން ޑުސިޓްގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެިޔާއަށް ހޮވުނު އިރުފާނު އެވެ.

ފައިނަލްގައި ޑުސިޓް އާ ދެކޮޅަށް ނުކުންނަ ސޮނެވާފުއްޓަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ގްރޫޕު ސްޓޭޖުގެ ފުރަތަމަ ތިން މެޗުންވެސް މޮޅުވެ އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...