ޔޫ ސްޕޯޓްސް އިން ބ. އަތޮޅަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ކުޅިވަރު

ކުޅިވަރު ސާމާނު ވިއްކާ ބ. އޭދަފުށީ ޔޫ ސްޕޯޓްސް ފިހާރައިން އިންތިޒާމްކޮށްގެން ބ. އަތޮޅަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ޔޫ ސްޕޯޓްސް އިން ބުނިގޮތުގައި، “ބ. އެޓޯލް ފުޓްބޯލް ޗެލެންޖް” ނަމުގައި މިއަހަރުގެ ބޮޑު ޗުއްޓީގައި ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް އޮންނާނީ ނޮވެމްބަރ 25 ން ޑިސެމްބަރ 06 އަކަށް ބ. އޭދަފުށި ފުޓްބޯޅަ ދަނޑުގައެވެ.

ޔޫ ސްޕޯޓްސް އިން ބުނީ ބ. އަތޮޅު ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް، ޢިޖްތިމާއީ ރޫޙް ވަރުގަދަ ކުރުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 7772861،7945852 ނުވަތަ 7940704 ނަމްބަރު ފޯނާ ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...