ފައިނަލް މެޗު މިއަދު ހަވީރު

ކުޅިވަރު
ޑުސިޓްގެ ސަޕޯޓަރުން. ފައިނަލްގައި ޑުސިޓް ނުކުންނާނީ ސޮނެވާއާ ދެކޮޅަށް- ފޮޓޯ / ތޯރިގް

ސީސީ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު އޮންނާނެއެވެ.

ކްލަބް ކޮމްބިނޭޝަން އިން އިންތިޒާމުކޮށްގެން ބ. އަތޮޅުގެ ފަސް ރިިސޯޓުން ވާދަކުރި މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ސޮނެވާފުއްޓާއި އާއި ޑުސިޓް ރާނީ (މުއްދޫ) އެވެ. ސޮނެވާފުށި ފައިނަލުގެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި ފުރަތަމަ ކުޅުނު ތިން މެޗުންމޮޅުވެ އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ޑުސިޓް ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ ހޯމަ ދުވަހުކުޅުނު ފައިނަލުގެ ޕްލޭ-އޮފްގައި ފަހަތުން އަރައި ލަނޑާގިރާވަރު ރިސޯޓް 2-4 ން ބަލިކޮށްގެންނެވެ.

ސީސީ އިން ބުނީ ފައިނަލް މެޗް ނިމުމާއެކު އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...