ސަލީމުގެ ކެމްޕޭނަށް ނައިބް ރައީސް މިރޭ އޭދަފުއްޓަށް

މައުލޫމާތު

ނައިބު ރައީސް ޑރ. ޖަމީލް:. ރެޑްވޭވް ސަލީމު ކެމްޕޭން ލޯންޗުކޮށްދެއްވުމަށް ނައިބް  ރައީސް މިރޭ އޭދަފުއްޓަށް ވަޑައިގަންނަވާނެ-- ހަވީރުފޮޓޯ
ނައިބު ރައީސް ޑރ. ޖަމީލް:. ރެޑްވޭވް ސަލީމު ކެމްޕޭން ލޯންޗުކޮށްދެއްވުމަށް ނައިބް ރައީސް މިރޭ އޭދަފުއްޓަށް ވަޑައިގަންނަވާނެ– ހަވީރުފޮޓޯ

 

އަންނަ މާޗް މަހު ބޭއްވުމަށްހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އަދި މިހާރުވެސް އެ ގޮނޑީ ފުރުއްވަމުން ގެންދަވާ އޭދަފުށީ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ކެމްޕޭނަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު މިރޭ އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަލީމް ކެމްޕޭން ޓީމުން ބުނި ގޮތުގައި ނައިބް ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ނައިބު ރައީސްގެ އަރިހުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަމީންވެ ބައިވެރިވަޑައިގަންނަވާނެ ކަމަށް ސަލީމު ކެމްޕޭން ޓީމުން ބުންޏެވެ.

ސަލީމުގެ ކެޕްމޭން ރަސްމީކޮށް ލޯންޗުކުރުމަށް މިރޭ ބާއްވާ ޖަލްސާގައިވެސް ނައިބްރައީސް ބައިވެރިވަޑައިގަންނަވާނެ ކަަމަށް ސަލީމު ކެމްޕޭން ޓީމުން ބުންޏެވެ. އަދި މި ޖަލްސާގައި އޭދަފުއްޓަށް އުފަން މަހުޖަނު، ޗާނދަނީގޭ އަހްމަދު ނަޒީރުވެސް ބައިވެރި ވަޑައިގަތުމަށް މިއަދު ހަވީރުވަނީ މިރަށަށް ވަޑައިގެންފަ އެވެ.

ސަލީމް ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...