ޑުސިޓް ބަލިކޮށް ސޮނެވާފުށި ޗެމްޕިއަންކަން ހޯދައިފި

ކުޅިވަރު
ސޮނެވާފުށި ޗެޕްޕިއަން ޓްރޮފީއާއެކު– ފޮޓޯ ނައުޝަލް

ކްލަބް ކޮމްބިނޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވި ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިއަދު ޑުސިޓް ތާނީ ރިސޯޓް އަތުން 1-0 ން މޮޅުވެ ސޮނެވާފުށީ ރިސޯޓް މުބާރާތް ކާމިޔާބުކޮށްފި އެވެ.

ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނުނު މި މުބާރާތް ސޮނެވާފުއްޓަށް ކާމިޔާބުކޮށްދިން ލަނޑު އެ ޓީމަށް ޖަހައިދިނީ ފަހު ހާފުގައި އާދަމް ނިޒާމު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް އޭނާ އެވެ.

މިދިޔަ މަހުގެ 22 އިން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ބައްސަވައި އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު އާއި ކޮމިޔުނިޓި ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ގެ އިތުރުން އުތުރު ސަރަހައްދުގެ އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޕރިންޓެންޑެންޓް އަލީ ރަޝީދު އެވެ.

މުބާރާތުގެ ފެއާ ޕްލޭ އަދި ބެސްޓް ސަޕޯޓާސް ޓީމަކަށް ހޮވިފައި ވަނީ ރޯޔަލް އައިލެންޑް ރިސޯޓް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑުސިޓްގެ އިސްމާއިލް ރަޝީދު އެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފޯވާޑް ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނެވާފުށީގެ އާދަމް ނިޒާމު އެވެ. އެންމެ މޮޅު މިޑް ފީލްޑަރަކަށް ހޮވިފައި ވަނީ ސޮނެވާފުށީ ޓީމުގެ އަހްމަދު ލަތީފް (ލައްޗޭ) އެވެ. އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވަނީ ޑުސިޓްގެ އަހްމަދު ސިނާނު އެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ހޮވުނީ ސޮނެވާފުށީގެ އިބްރާހިމް މާޖިދު އެވެ.ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ޑުސިޓްގެ އަހްމަދު އިރުފާނު އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރޯޔަލްގެ އަލީ ޝަރީފު އެވެ.

ފަސް ރިސޯޓުން ވާދަކުރި މި މުބާރާތް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށްސީސީ ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...