ފުލުހުން ބޭނުންކުރާ އެންމެފަހުގެ ޓެކްނޮލޮޖީތައް އާއްމުކޮށް ދައްކާލަނީ

ޚަބަރު
މި އަހަރުގެ ޓެލެކޮމް ފެއާ ހުޅުވުމަށް އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު– އީޓީ ފޮޓޯ

އޭދަފުށީގައި މިހާރު ކުރިއަށް ދާ “ޓެލެކޮމް ފެއާ 2012” ގައި ބަހައްޓާފައިވާ ފުލުހުންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓެކްނޮލޮޖީގެ ގޮތުން ފުލުހުންގެ މުއައްސަސާއަށް ލިބިފައިވާ ކުރިއެރުންތަކާއި ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ މަސައްކަތްތައް ބައްޓަން ކޮށްފައިވާގޮތުގެ މަޢުލޫމާތު ފޯރުކޮށްދެމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިއްޔެ ފެށި މި ފެއާގައި ފުލުހުންގެ ސްޓޯލުން އާންމު ފަރާތްތަކުން ފުލުހުންހުންނަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ޕްރޮސެސް ކުރާގޮތް ދައްކުވައި ދޭ ޑިސްޕްލޭ މޮޑެލް އަކާއި ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއްގެ އިތުރުން ކުށްމަދުކުރުމަށްޓަަކައި މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ.

މިފެއަރ ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑރ. އަޙުމަދު ޝަމްޙީދުއެވެ. މިރޭގެ ނިޔަލަށް ކުރިއަށް ދާ މި ފެއޭގައި ސަރުކާރުގެ މުއައްސަސާތަކުންނާއި މުވާސަލާތީ ހިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...