ބަހުސްގައި ބައިވެރިނުވެވުނީ ދަރިފުޅުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން: ޔަޒީދު

މައުލޫމާތު
އަބްދުﷲ ޒަޔީދު
އަބްދުﷲ ޒަޔީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، މޯލްޑިވްސް ބްރޯޑްކާސްޓް ކޯޕަރޭޝަން (އެމްބީސީ)ގެ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމުން މިހާރު ކުރިއަށްގެންދާ “މަޖިލިސް ބަހުސް 2014″ ގެ އޭދަފުށީ ދާއިރާގެ ބަހުސްގައި މިއަދު ބައިވެރިވެވަޑައި ނުގެންނެވުނީ ދަރިފުޅުގެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުމުންކަމަށް އަބްދުﷲ ޔަޒީދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ގޮތުން އޭދަފުށީ ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ޔަޒީދު ވިދާޅުވީ އާއިލާއާއި ދަރިންނަށް ދިމާވާ ދަތި އުނދަގޫ ކަންކަމުގައި ވަގުތު ދީ އަޅާލުން މުހިންމުކަމަށާއި،  ބަހުސްގައި ބައިވެރިނުވެވުނީ ކުޑަ ފިރިހެން ދަރިފުޅުގެ ކުއްލި އޮޕަރޭޝަނެއް ކުރަންޖެހުމުން ކަމަށެވެ.

“އަދި ދަރިފުޅަށް ފަރުވާ ދިނުމަށް އެވަގުތު ހުސްކުރުން މުހިންމުކަމަށް ފެނިވަޑައިގެންނެވީމަ ބަހުސްގައި ބައިވެރި ނުވެވުނީ، މިކަމުގެ ސަބަބުން ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން،” ޔަޒީދު ވިދާޅުވި އެވެ.

ޔަޒީދު ވިދާޅުވީ އޭނާ ހުންނެވީ މިއަދުގެ ބަހުސް އަށް ވަރަށްބޮޑަށް ތައްޔާރުވެވަޑައިގެން ކަމަށާއި މިކަން ދިމާވެދާނެގޮތްކަން ކުރިންނޭނގޭ ކަމަށެވެ. ނަމަވެސް މާދަމާ ރޭ ޗެނަލް 13 އިން ދައްކާ ބަހުސްގައި އޭނާ ބައިވެރިވާނެކަމަށް ޔަޒީދު ވިދާޅުވި އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...