އެމްޑީޕީ އޭދަފުށީ ގޮފި ރަޖިސްޓްރީ ކޮށްފި

ޚަބަރު

އެމްޑީޕީ އޭދަފުށީ ގޮފީގެ ނަމުގައި އާ ގޮތްޕެއް ރަޖިސްޓްރީ ކޮށްފި އެވެ.

މިދިޔަ ހަފްތާތެރޭ ރަޖިސްޓްރީ ކުރި މި ގޮފި ވަގުތީގޮތުން ހިންގެވުމާ ހަވާލުވެހުރި އަހްމަދު ނާސިރު ވިދާޅުވީ ގޮފި ވަރަށް އަވަހަށް އިފްތިތާހު ކުރާނެ ކަމަށެވެ.

އެމްޑީޕީ އޭދަފުށީ ގޮފީގެ ރައީސް އާއި ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލިމުގެ ފުރުސަތު އެ ގޮފީން މިހާރުވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. މި މަގާމުތަކަށް ކުރިމަތިލެވޭނީ އެ ގޮފީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް ނާސިރު ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ މި މަގާމުތަކަށް ކުރިމަތި ލުމަށް ވަކި ޝަރުތެއް ކަނޑައަޅަފައި ނެތް ނަމަވެސް މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތައް، ތައުލީމީ ގޮތުން އިނގިރޭސި ބަހުންނާއި ދެވިބަހުން ރަނގަޅަށް މުއާމަލާތްކުރުމުގެ ގާބިލުކަން ހުރުން މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ އެ ގޮފިން ވަރަށްބޮޑު ޖަލްސާއަކަށް މިހާރު ތއްޔާރުވަމުން އަންނަ ކަމަށާއި އެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދުވެސް ބައިވެރި ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...