ޝައިޚް ނިމާލުގެ ޚާއްސަ ދަރުސްތަކެއް ބާއްވަނީ

މައުލޫމާތު

10373429_10203223252736378_478066375_o

އޭދަފުށީ ޒުވާނުންތަކެއް އިސްނަގައިގެން  އައްޝައިޚް ނިމާލު މުޙައްމަދުގެ ޚާއްސަ ދަރުސްތަކެއް މިރަށުގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ދަރުސްތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަތީން ޚާލިދު މައުލޫމާތު ދިން ގޮތުގައި މިފަދަ ދަރުސްތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މިރަށުގައި ދީނީ ރޫޙް އާލާކުރުމާއި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާ މާދަމާ މިރަށުގެ މިސްކިތްތަކުގަ އާއި މަލްޓިޕާޕަސް ހޯލުގަ އެވެ. އެގޮތުން “އީބަބުނުން” މި މައުލޫއަށް މިއަދު އަސުރުނަމާދަށްފަހު މަސްޖިދިލް ޔޫސުފް (ކުޑަ މިސްކިތް) ގައި ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ “ދީނުގައި ސާބިތުވުން” މި މައުލޫމަށް މަސްޖިދިލް މުއީނުއްދީން (ބޮޑު މިސްކިތް) މިސްކިތުގައި ދަރުސް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ދުއާކުރުމުގެ މުހިއްމު ކަމާގުޅޭގޮތުން މާދަމާ އަސުރު ނަމާދަށް ފަހުވެސް މުއީނުއްދީން މިސްކިތުގައި ދަރުސް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން “އަންހެނާގެ ދައުރު” މި މައުލޫއަށް ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ހުކުރު ދުވަހުގެރޭ 8:45 ގައި މަލްޓިޕާޕަސް ހޯލުގައިވެސް ޚާއްސަ ދަރުސެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުވެސް ޒުވާނުންގެ ފަރާތުން މިފަދަ ދީނީ ދަރުސްތައް ބާއްވައިފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...