ކޯނީގެ ރިޕޯޓަށްފަހު ހިނގާފާނެ ހަމަނުޖެހުމަކަށް ތައްޔާރުވަނީ

ތޯރިގް އަބްދުއްރަހުމާނުޚަބަރު

 

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު ބުރާސްފަތި ދުވަހު އާންމު ކުރާއިރު، އެ ރިޕޯޓާ ގުޅިގެން އޭދަފުށީގައި ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުންނާއި ރަށު ކައުންސިލުން ތައްޔާރުވާން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލް އިދާރާއިން ބުނީ ކޯނީގެ ރިޕޯޓާ ގުޅިގެން ހިނގާފާނެ ކަންތައްތަކާ އަދި މަސްރަހު ނުރައްކާތެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭގޮތުން އޭދަފުށީ ޕޮލިސް ސްޓޭޝަނާއެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި މިރަށުގައި ގާނޫނާއި ގަވައިދާ ޚިލާފު އެކިއެކި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށްވެސް ރަށު ކައުންސިލުން ބުނެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...