
އެންމެފަސް
ކޯނީގެ ރިޕޯޓަށްފަހު ހިނގާފާނެ ހަމަނުޖެހުމަކަށް ތައްޔާރުވަނީ
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު ބުރާސްފަތި ދުވަހު އާންމު ކުރާއިރު، އެ ރިޕޯޓާ ގުޅިގެން އޭދަފުށީގައި ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުންނާއި ރަށު ކައުންސިލުން ތައްޔާރުވާން ފަށައިފި އެވެ. އޭދަފުށީ ކައުންސިލް އިދާރާއިން ބުނީ ކޯނީގެ ރިޕޯޓާ ގުޅިގެން ހިނގާފާނެ ކަންތައްތަކާ އަދި މަސްރަހު ނުރައްކާތެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭގޮތުން އޭދަފުށީ ޕޮލިސް ސްޓޭޝަނާއެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. […]