ފުޓްސަލް ދަނޑު އަޅާ ސަރަހައްދު ބަދަލުކުރަން ނިންމައިފި

ސްޕޯޓްސް އެީނާގެ ދަށުން ފުޓްސަލް ދަނޑު އަޅާ ސަރަހައްދު. އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް
ސްޕޯޓްސް އެީނާގެ ދަށުން ފުޓްސަލް ދަނޑު އަޅަން ކުރިން ނިންމި ސަރަހައްދު. ދަނޑު އަޅަން އެހެން ސަރަހައްދެއް ކައުންސިލުން މިހާރުވަނީ ފާސްކޮށްފައި. އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް

 

ސްޕޯޓްސް އެރީނާގެ ދަށުން ބ. އޭދަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑު އެޅުމަށް ކުރިން ހަމަޖެއްސި ބިމުގެ ބަދަލުގައި ހުކުރު މިސްކިތުގެ އުތުރުން އޮތް ކުރީގެ ބަށިކޯޓް ސަރަހައްދު ހަމަޖައްސަން ކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލް އިދާރާއިން އިއްޔެ ބޭއްވި މިއަހަރުގެ 16 ވަނަ ޖަލްސާގައި މިގޮތަށް ފާސްކުރީ ކައުންސިލުގެ ރައީސް އަލީ ވަހީދު ހުށައެޅުއްވި ހުށައެޅުމަކަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ފުޓްސަލް ދަނޑު އަޅަން ކުރިން ހަމަޖައްސައި މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްފައިވަނީ ކުރީގެ ހުޅަނގު އަންހެނުންގެ މިސްކިތް ސަރަހައްދެވެ. ނަމަވެސް ފުޓްސަލް ދަނޑުއަޅާ ބިން ބަދަލުކުރީ މިދިޔަ ހަފްތާއެއްހާދުވަހު ބައެއް ޒުވާނުންނާއެކު އަމިއްލަ ގޮތުން ކުރެވުނު މަޝްވަރާތަކަކަށްފަހު އެގޮތަކީ އެންމެފައިދާބޮޑު ގޮތްކަމަށް ދެކިގެންކަމަށް ކައުންސިލުން ބުންޏެވެ. އަދި ދުރު މުސްތަގުބަލަށް ބަލާއިރު ފުޓްސަލް ދަނޑު ބޮޑު ކުރެވެން އޮތީ ބިން ބޮޑު ސަރަހައްދަކު ދަނޑު އަޅައިގެން ކަމަށްވެސް ކައުންސިލުން ބުނެ އެވެ.

ފުޓްސަލަ ދަނޑު އަޅާ ސަރަހައްދު ކައުންސިލުނަ ބްދަކުރަން ފާސްކުރިއިރު، ދަނޑުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހުގެ ކުރިން ނިންމުމަށް ލޯންސްޓާ ޓްރޭޑިން ކޮމްޕެނީއާ މިދިޔަ ހަފްތާ ކައުންސިލުވަނީ ބިންވެސް ހަވާލުކޮށްފައެވެ. އަދި

މި މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނުވެސް އެ ކުންފުނިން މިދިޔަ ހަފްތާތެރޭ މިރަށަށްވެސް ވަނީ ގެނެސްފަ އެވެ.

ގުޅުންހުރި ލިޔުންތައް