ނައިޓް މާކެޓުގެ ފަހުރޭ ރެކޯޑް ޢަދަދަކަށް ވިޔަފާރި ކޮއްފި

ނައިޓް މާކެޓްގެ ތެރެއިން. ފޮޓޯ: ހަވީރު ނިއުސް
ނައިޓް މާކެޓްގެ ތެރެއިން. ފޮޓޯ: ހަވީރު ނިއުސް

 

 

 

 

 

 

 

 

 

މި އަހަރު ބޭއްވި ނައިޓު މާކެޓުގެ އެންމެ ފަހުރޭ ރެކޯޑު ޢަދަދަކަށް ވިޔަފާރި ކޮއްފި އެވެ.

ޖުމްލަ ގޮތެއްގައި ވިޔަފާރި ދަށް ކަމަށް ގިނަ ސްޓޯލުތަކުން ބުނެފައިވީ ނަމަވެސް، އެންމެ ފަހުރޭ 10،000ރ. އާއި 30،000ރ. އާ ދެމެދުގެ ޢަދަދަކަށް ވިޔަފާރިވި ކަމަށް ސްޓޯލުތަކުން ބުނެއެވެ.

‘ ޖުމްލަ ކޮށް ބުނަންޏާ ވިޔަފާރި ވަރަށް ދަށް. އެކަމަކު އެންމެ ފަހު ރޭ ވިޔަފާރި ވަރަށް ރަނގަޅު ‘ ނައިޓް މާކެޓުގެ މޭޒެއްގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

މި ފަހަރު ވިޔަފާރި ދަށްވާން ދިމާވި އެންމެ ބޮޑު ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނަނީ މޭޒުތައް ގިނަވުމެވެ.

‘ ހަތްސަތޭކަ މޭޒު ޖެހީމަ އަސްލު ވަރަށް ސަކަރާތް. މޭޒުތައް ގިނަ ވުމުން ފައިދާވާނީ މިކަން ބާއްވާ ފަރާތްތަކަށް. މިއަށް ވުރެ މޭޒު މަދުކޮއްގެން ނޫނީ މީގެ އަސްލު ފައިދާ ނުހޯދޭނެ ‘ އަންހެނުންނަށް ޚާއްސަ ތަކެތި ވިއްކާ މޭޒެއްގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

މީގެ އިތުރުން ވިޔަފާރި ކުރަން ދިޔަ ބައެއް މީހުން ބުނީ މިފަހަރު މޭޒުތައް އަތުރާފަ ހުރި ގޮތުންވެސް އުނދަގޫވި ކަމުގައެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މި ފަހަރު ތަކެތީގެ އަގުތައްވެސް ބޮޑުކަން ގިނަ މީހުން ފާހަގަ ކުރިއެވެ.

‘ ކުރީ އަހަރުތަކުގައި އެންމެ ފަހުރޭ ގިނަ މުދާ ވަރަށް އަގުހެޔޮކޮށް ލިބޭނެ. އެކަމަކު މިފަހަރު އެހެން ރޭތަކަށް ވުރެވެސް އަގު ބޮޑުވީ ‘ މުސްކުޅި ފުރައިގެ އަންހެނަކު ބުންޏެވެ.

އަދި، މި ފަހަރު ބައެއް މުދަލަކީ ފޭކު މުދާ ކަންވެސް ފާހަގަ ކުރެވެއެވެ. މިގޮތުން ތަށި ދޮންނަން ބޭނުން ކުރާ މާމަ ލެމަން ފާހަގަ ކުރެވުނެވެ.

މި އަހަރު ދެވަނަ ނައިޓް މާކެޓެއް އޮކްޓޯބަރ މަހު ބޭއްވުމުގެ މަސައްކަތް ގޯ މީޑިއާއިން އަންނަނީ ކުރަމުން ނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.