
ބ. އޭދަފުށީގައި ހުރި ދުވަސްވީ ގުލްސަންޕާ ގަސްތަކެއް ނަގައި، އެ ގަސްތައް އެހެން ސަރަހައްދެއްގައި އިންދައިފި އެވެ.
އޭދަފުށީ ކައުންސިލްގެ އެކްސްކަވޭޓަރު ބޭނުންކޮށްގެން އިއްޔެ ހަވީރު ނަގާފައިވަނީ މިރަށު ހުކުރު މިސްކިތުގެ ހުޅަނގުން ފުޓްބޯޅަ ދަނޑުގެ ގޯއްޗާދެމެދު އޮތް ގޯޅި ތެރޭގައި ހުރި ދުވަސްވީ ތިން ގަހެވެ.
މިގޯޅިއަކީ އާންމުކޮށް މީހުން ހިނގާބިނގާވެއުޅޭ އަދި ސައިކަލް ފަދަ ވެހިކަލްތައް ދުއްވިނަމަވެސް ގަސްތައް ހުރުމުގެ ސަބަބުން ހަތަރު ފްރޮޅުލީ ވެހިކަލް ނުދުއްވޭ ހަނިގޯޅިއެކެވެ.
އޭދަފުށީ ކައުންސިލުން ބުނީ ގަސްތައް ނެގީ އެ ގަސްތައް ހުރި ގޯޅިއަކީ ހަނި އަދި ދުއްވާ އެއްޗެތި ވަނުމަށް އުނދަގޫ މަގަކަށްވާތީއާ، މަގު އަޑިގުޑަންވެފައިވުމުގެ ސަބަބުން ލެވެލް ކުރުމުގެ ބޭނުމާވެސްއެކު ކަމަށެވެ.
މި ގަސްތައް ނެގި ނަމަވެސް އެ ހަނި ގޯޅި ތެރެއިން ހަތަރު ފޮރޮޅުލީ ވެހިކަލް ދުއްވާނަމަ ގޯޅި ތެރެއިން ހިނގާ ބިގާވެ އުޅޭ ފަރާތަތްތަކަށް ވަރަށް ބޮޑަށް ދަތިވާނެކަމަށް ބެލެވެއެވެ.

ގަސްތައް ނެގުމަށްފަހު ހަމައެވަގުތު އަލުން އެ ގަސްތައް ކުރީގެ ބަށިކޯޓާ، ފުޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގައި ވަނީ އިންދާފަ އެވެ.
އޭދަފުށީ ހުކުރު މިސްކިތްކައިރިން އިއްޔެ ނެގި ގުލްސަންފާ މި ތިން ގަހަކީ މީގެ ފަސްދޮޅަހަކަށް އަހަރުކުރިން ފެށިގެން އެތަނުގައި ހުންނަ ގަސްތަކެއް ކަމަށް ދުވަސްވީ މީހުން ބުނެއެވެ. އަދި މި ތިންގަހަކީ އޭދަފުށީގައި މިހާތަނަށް ހުރި އެންމެ ދުވަސްވީ ގުލްސަންޕާ 3 ގަސްކަމުގައި ބެލެވޭކަމަށްވެސް މިރަށުގެ ތާރީޚް ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
ތިޔަ 3 ގަސް، ހިމާޔަތް ކުރުމުގައި ބައިވެރިވެލެއްވި އެންމެހާ ބޭފުޅުންނަށް އައްސަރިބަހާ ސާބަސްދެން. އޭދަފުށީގަހުރި އެއްވެސް ރުއްގަހެއް، ކަނޑާ ތިރި ނުކޮށް، ފަރުވާތެރިކަމާއެކު، އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށްއެދެން.