އޭދަފުށީގައި ފުޓްސަލް ދަނޑު އަޅަން ފަށައިފި

އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްތް ލޯން ސްޓާ ޓްރޭޑިން އިން ކުރަނީ-- އީޓީ ފޮޓޯ  ނަވާލު
އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްތް ލޯން ސްޓާ ޓްރޭޑިން އިން ކުރަނީ– އީޓީ ފޮޓޯ ނަވާލު

 

ސްޕޯޓްސް އެރީނާތައް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އޭދަފުށީގައި އަޅާ ފުޓްސަލް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ލޯން ސްޓާ ޓްރޭޑިން ކޮމްޕެނީން ފަށައިފި އެވެ.

ފުޓްސަލް ދަނޑު އެޅުމަށް ކުރިން ހަމަޖެއްސި ބިމުގެ ބަދަލުގައި ފުޓްބޯޅަ ދަނޑުގެ އިރުން ވޮލީ ކޯޓް ސަރަހައްދު ހަމަޖައްސަން ކައުންސިލުން ފާސްކުރުމާ ގުޅިގެން މިހާރު ދަނޑު އަޅަނީ އެ ސަރަހައްދުގަ އެވެ. ފުޓްސަލް ދަނޑުއަޅާ ބިން ބަދަލުކުރީ ބައެއް ޒުވާނުންނާއެކު އަމިއްލަ ގޮތުން ކުރެވުނު މަޝްވަރާތަކަކަށްފަހު އެގޮތަކީ އެންމެފައިދާބޮޑު ގޮތްކަމަށް ދެކިގެންކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް އަީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްތް ލޯން ސްޓާ ޓްރޭޑިން އިން ކުރަނީ-- އީޓީ ފޮޓޯ  ނަވާލު
އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްތް ލޯން ސްޓާ ޓްރޭޑިން އިން ކުރަނީ– އީޓީ ފޮޓޯ ނަވާލު

ދަނޑުގެ އަމަލީ މަސައްކަތް ބިން ހަވާލުކުރާ ދުވަހުން ފެށިގެން 50 ދުވަހުގެ ތެރޭގައި ނިންމުމަށް އެގްރީމެންޓް ކޮށްފައިވެ އެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމަންޖެހެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އޭދަފުށީގައި އަޅާ ފުޓްސަލް ދަނޑުގެ ފެންވަރު ރަނގަޅު ވާނެ ކަމަށާއި ދަނޑު ނިމޭއިރު އޮންނާނީ ދަނޑުގެ ޕިޗް ވަޑައިގެން ގާ އަތުރައި، ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފަ އެވެ. އަދި ދަނޑުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެެވެ.

2000ން މަތީގެ ކޮންމެ އާބާދީއެއްގައި މިއަހަރުތެރޭގައި ސްޕޯޓްސް އެރީނާ ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގައި ދެން ފުޓްސަލް ދަނޑު އަޅާނީ ތުޅާދޫގަ އެވެ. އެ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. boskaalis

    ކުރީ ދައުރުގައި މިސްކިތް ތަޅާލައިފައި އެތާ ފުޓްސެލް ދަނޑު އަޅަން އުޅެފަ. އެގޮތަށް އެކަން ނިންމާފަ އޮއްވަ މި ދައުރުގެ ޒުވާން ކައުންސިލަރުން އެކަމާ ދެކޮޅު ހެދީމަ ގަބޫލެއް ނުކުރި. ބުނީ އެއީ މިދިޔަ ދައުރުގަ ނިންމާފަ އޮތް ކަމެކޭ، ދެން ބަދަލެއް ނުކުރެވޭނޭ. ދެން މިހާރު މި ކިހިނެއް ވީ. ހަމަ އަލިފުޅުމެން ބޭނުން ގޮތެއް ހަދަނީ. މިހާރު ކޮން ޒުވާނުންނެއް ރައީސް އަށް ފެނިގެން އެ އުޅެނީ. ހުސް އަމިއްލަ ފައިދާއަށް ތި ރިޒާމެން އުޅޭނީ. އަދި ތި ނަޒީރު އަޅާ ދަނޑު ބޮޑު މިސްކިތް ތަޅާލައިފަވެސް އެތާ އަޅަން ފަރެއް ނުޖެހޭނެ. މާދަން ކަނޑާނީ ހިލަތަށް އަޅާފަ ހުރި ސަރަހައްދުގައި ހުރި ރުއްތަށް. އުޒުރަކަށް ވާނީ ހިލަތަށް އެތަނުން ނެރެން ހައިމާކެއް ނުވެއްދުނޭ. އަހަރެމެންނަށް ތިމީހުން ވަރަށް ރަނގަޅަށް އެނގޭ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.