
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ގުޅުވައިގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ފޭލި ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތުގައި 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ޖުލައި 24-26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި އީދު ބަންދުތެރޭ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
ފޭލިން ބުނިގޮތުގައި ރަމަޟާންމަހާ ގުޅުވައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރަމަޟާންމަހަކީ އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވާތީ، އެ މައްސަރުގެ ބަރަކާތްތެރިކަން އަޅުގަނޑުމެންގެ ޅަދަރިންނަށް އަންގައިދީ، އެކުދިން ކީރިތި ޤުރްއާނަށް ލޯބިޖައްސުވައި އިސްލާމްދީނުގެ ތަރަހަމަތީގައި އެކުދިން ތަރުބިއްޔަތުވުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން މެދު ނުކެނޑި މި މުބާރާތް ބާއްވާ 12 ވަނަ އަހަރެވެ.
ފޭލި ގުރްއާން މުބާރާތުގައި ބައިވެރިން ކިޔަވަންޖެހޭ ގޮތުގެ ޝެޑިއުލް