އަނެއްކާވެސް އޭދަފުށިން ކަރަންޓް ކަނޑަން ފަށައިފި

ބ. އޭދަފުށި، ރަށުގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ދަނީ ކަރަންޓް ކަނޑަމުން - އީޓީ ފޮޓޯ / ޒަހާން
ބ. އޭދަފުށި، ރަށުގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ދަނީ ކަރަންޓް ކަނޑަމުން – އީޓީ ފޮޓޯ / ޒަހާން

 

 ބ. އޭދަފުއްޓަށް ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރެއް މައްސަލަޖެހި، މަރާމާތު ކުރަން މިދިޔަ ހުކުރު ދުވަހު މެންދުރުފަހުން ފެށިގެން އެކި ގަޑިތަކުގައި ކަރަންޓް ކެނޑުމަށް ފަހު، އަނެއްކާ ވެސް ހަމަ އެގޮތަށް ކަރަންޓް ކަނޑަން ފަށައިފި އެވެ.

އެގޮތުން މިއަދު މެންދުރުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ބައިގަޑި އިރަށް ކަރަންޓް ދަނީ ކަރަންޓް ކަނޑާލަމުންނެވެ. މިއަދު މެންދުރުފަހު ކަރަންޓް ކަނޑަމުން ގޮސްފައިވަނީ ކުރިން އެއްވެސް އެންގުމަކާޥެސް ނުލައެވެ.

އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައެއް ދާއިމީ ހައްލެއް ހޯދައި ދެވިފައިނުވާތީއާއި އަދި މިދިޔަ ހުކުރު ދުވަހު އިންޖީނަށް ދިމާވި މައްސަލަ ހައްލުވެ ދެން ކަރަންޓް ކަނޑަން ނުޖެހޭނެކަމުގެ ޔަގީން ފެނަކަ އޭދަފުށީ އިންޖީނުގެއިން ދީފައި ވަނިކޮށް އަނެއްކާވެސް ކަރަންޓް ކަނޑަމުންދާތީ ގިނަ ބަޔަކު ދަނީ އިންޖީނުގެ އަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.

އަދި ރޯދަމަހު މިގޮތަށް ބައެއް ފަހަރު އެއްވެސް އެންގުމަކާ ނުލައި ކަރަންޓް ކަނޑާލަން ޖެހުމުން އާންމުންނަށް ބޮޑެތި ދަތިތަކާވެސްވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޮޓްގެ އިންޖީނެއް އޭދަފުއްޓަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ އެކި ބޭފުޅުން މިދިޔަ އާއްމު އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ފަހުން ތިން ހަތަރު މަސް ނިމިގެންދާއިރުވެސް ކަރަންޓް ކެޑުމުގެ މައްސަލަ ހައްލު ކުރެވިފައެއް ނުވެއެވެ. އަދި އެޖަނަރޭޓަރު އޭދަފުއްޓަށް ގެނެވިފައި ވެސް ނުވެއެވެ.

އަނެއްކޮޅުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އޭދަފުށީ ކައުންސިލުން ރޯދަމަހާ ދިމާކޮށް އިންޖީނުގެއަށް ހަދިޔާކުރި 450 ކިލޯ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، އެއަށް ބޭނުންވާ ޕެނަލް ބޯޑެއް ނެތިގެން އެ އިންޖީނުގެ ބޭނުން ނުކުރެވޭ ކަމަށްވެ އެވެ. އަދި އެ އިންޖީނު އެތަނުގައި ބެހެއްޓުމަކުން މިހާތަނަށްވީ އެއްވެސް ފައިދާއެއްވެސް ނެތެވެ.

އޭދަފުށީގައި ކަރަންޓް ބޭނުން ކުރާ ނިސްބަތް އިތުރުވެ، އިންޖީނުތަކަށް ލޯޑު ނުހިފެހެއްޓޭ އިރު އިންޖީނުގެ ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މުހައްމަދު

    ކަރަންޓަށް އަންގާ ނުކެނޑެން. އެހެންނޫނީ ކޮންމެ ގެއަކަށް ކުޑަނަމަވެސް ޖަނަރޭޓަރެއް ހޯދާ. ތިޔައީ ނުލާހިކު މުއްސަދިކޮށް އުޅެން ބޭނުންވާ ބަޔަކު ތިބި ރަށެއްނު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.