
ފުލުހުންނާ ބ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ “އެއިމް ޓް ކާމް” ކޭޕްގެ ބައިވެރިން ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރަށް ޒިޔާރަތް ކޮށްފި އެވެ.
އިއްޔެ ހެނދުނު ކުރި މި ޒިޔާރަތުގައި ދިރާގާ ބެހޭ މައުލޫމާތާއި އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.
އެގޮތުން ކަސްޓަމާކެއާ އާއި ބެހޭ މަޢުލޫމާތާއި ދިރާގުގެ ޓެކްނިކަލް މަސައްކަތްތަކާއި އިކްއިޕްމަންޓްތައް ދައްކާލުމުގެ އިތުރުން އެތަކެއްޗާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެ އެވެ. އަދި ބައެއް ކަންތައް އަމަލީގޮތުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ބައިވެރިންނަށް ވަނީ ދީފައެވެ.

އޭގެ އިތުރުން މަސައްކަތުގެ މާހައުލަށް ޒުވާނުން ތަމްރީން ކުރުމަށް ކޮންމެ އަހަރަކުވެސް ދިރާގުން ހިންގަމުންދާ ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާބެހޭ މައުލޫމާތުވެސް ކޭމްގެ ބައިވެރިންނަށްވަނީ ދީފައެވެ.
ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ކޭމްޕްގެ ގިނަ ބައިވެރިން ދިރާގުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ދިރާގާ ބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި “އެއިމް ޓް ކާމް” ކޭމްޕްގެ ބައިވެރިން ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރަށް ކުރި މި ޒިޔާރަތުގައި އެ ކޭމްޕަގައި ބައިވެރިވި 70 ދަރިވަރުންނާއި ފެސިލިޓޭޓަރުން ބައިވެރިވިކަމަށް ދިގާރުން ބުންޏެވެ.
މުޖުތަމަޢުގައި ހިނގާ އެކިއެކި ނޭދެވޭ ކަންކަމުން ދުރުވެ ޤާބިލް އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދަރިވަރުން ތިބުމަށް ބާރު އެޅުމުގެ ގޮތުން މިމަހުގެ 19 އިން 20 އަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންދިޔަ މި ކޭމްޕްގައި ބައިވެރިވެފައިވަނީ އެ މަރުކަޒުގެ ގްރޭޑް 8، 9، 11 އަދި 12 ގެ ދަރިވަރުންނެވެ.