
އަޟްހާ އީދަށް ޚާއްސަކޮށްގެން އޭދަފުށީ ޒުވާނުންގެ ކްލަބުން ކުރިއަށް ގެންދިޔަ އެސްޓީއޯ ނޫފަހި ފުޓްބޯޅަ ޗެލެންޖުގެ ޗެމްޕިއަންކަން އެމްއޭ ޔުނައިޓެޑް ހޯދައިފި އެވެ.
ޗެމްޕިއަން ޓީމަށް 20،000ރ. އަދި ދެ ވަނަ ޓީމަށް ވަނީ 5000ރ. ހަވާލުކުރި މި މުބާރާތް އެމްއޭ ޔުނައިޓެޑް ކާމިޔާބުކުރީ ފައިނަލުގައި މިއަދު ހަވީރު މިދިޔަ އަހަރުވެސް މުބާރާުގެ ފައިނަލުގައި ކުޅުނު ޔުނައިޓެޑް ވީ އާ ވާދަކޮށް 1-0 އިން ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްއޭ ޔުނައިޓެޑްގެ އަލީ ފާސިރު (ސެންޓޭ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އަދި އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޔުނައިޓެޑް ވީ ގެ އިޝަން އިބްރާހީމެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް އެމްއޭ ޔުނައިޓެޑްގެ ރަޒާން ރަޝީދު ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އެމްއޭ ޔުނައިޓޭޑަށް ކުޅުނު ނިއުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އެމްއޭ ޔުނައިޓެޑްގެ އަބްދުﷲ ޒިޔަޒަން އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްއޭ ޔުނައިޓެޑްގެ ކޯޗު ޝާފީ އަލީ އެވެ. ފެއާޕްލޭ ޓީމަކީ ސައިނޯސާ އެވެ.
ޒުވާނުންގެ ކްލަބުން ބުނީ އަންނަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ ދޭން ވިސްނާފައިވާ ކަމަށެވެ.
ބައްޓޭ މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރެފްރީކަން ކުރި ރެފްރީންނަށް އަދިވެސް އެމީހުން އުޖޫރަ ނުދޭކަމަށް ބުނެ އެމީހުން އެފް.އޭ.އެމް ގަ އަދިވެސް ސަކުވާ ކުރޭ. ތިވަރުން މުބާރާތްތައް ނުހިންގަންވީނު. ސީ،ސީ އިންނާއި ޖަމިއްޓޭ މުބާރާތް ހިންގިއަސް ބައްޓޭއަކަށް ނުވާނެ ތިކަމެއް ބައްޓޭ އިސްތިއުފާ!
ފަރުވެރިކަމާއެކު ދަންނަވާލަން. ހުޅަނގު އަވަށުގެ ކުއަޖަކާ ނުލާ އެއްވެސް ފުޓްބޯޅަޓީމެއް އޭދަފުށީގައި ފުރިހަމަ ނުވާނޭ.