
ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ޓޫރިޒަމް ދާއިރާގެ ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަކޮށްގެންދޭ ތިން އެވޯޑެއް ބ. އަތޮޅުގައި ހިންގަމުން އަންނަ ތިން ރިސޯޓަށް ލިބިއްޖެ އެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި މަޓާޓޯ ޓްރެވަލް އެވޯޑުގެ އެންމެ ހިތްގައިމު ގޮނޑު ދޮށެއް އޮންނަ ލީޑިން ބީޗް ރިސޯޓުގެ އެވޯޑް އަންނަތަރާ ކިހަވައް ވިލާސް އަށް ލިބުނުއިރު، ލީޑިން ޑިޒައިނާ ރިސޯޓަކަށް ހޮވުނީ ދުސިއްތާނީ މޯލްޑިވްސް (މުއްދޫ) އަށެވެ. އަދި ލީޑިން އިކޯ ރިސޯޓަކަށް ހޮވިފައިވަނީ ކޮކޯޕާމް ދުނިކޮޅެވެ. މި އެވޯޑު ކުރިން ކުރިން ކާމިޔާބު ކުރީ ސޮނޭވާފުށިންނެވެ.
މި އަހަރުގެ ޓްރެވަލް އެވޯޑުގައި 23 ކެޓަގަރީއަކުން އެވޯޓު ދީފައިވެ އެވެ. މިއީ މަޓާޓޯ އިން ޓޫރިޒަމް އިންޑަސްޓްރީ އަށް ހާއްސަކޮށްގެން އެވޯޑް ދިން ތިންވަނަ އަހަރެވެ.