
މާލެ އިން ގިނަ އަދަދެއްގެ މުދާ ހިފައިގެން އޭދަފުއްޓަށް ދަތުރުކުރި ނިޔާމަ ބޯޓް މި ރަށު ފަޅަށް ވަންނަނިކޮށް ނެރުގެ ފައިކަށީގައި ޖެހި، ގެއްލުންތަކެއްލިބި، ދިޔަވަމުން އެބަދެ އެވެ.
މިއަތޮޅުގައި ދުއްވާ އެންމެ ބޮޑު އެއް ނާލު ބޯޓު މާލެއިން ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ގޮސް އޭދަފުށީ ފަޅަށް ވަންނަނިކޮށް ނެރު މައްޗަށް އަރާ، ފަތިހު 5:30 ހާއިރު، ބޯޓަށް ދިޔައަރަން ފެށުމާ އެކު ބޯޓު ބަނދަރަށް ވައްދައި، އޭގައި ތިބި މީހުންނާއި މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތްވަނީ ފަށާފަ އެވެ.
މަންޒަރު ދުއް މީހަކު ކިޔައިދިން ގޮތުގައި “ނިޔާމަ”ބޯޓަށް ގެއްލުން ލިބުނީފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކަށީގައިޖެހި ބަނޑުފިލައަށް ގެންލުންލިބުމުގެ ސަބަބުންނެވެ.
“ކަނޑިންމައިން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ފައިކަށީގައި ޖެހިގެން ހިންމިތައް ދޫވެގެން ދިޔަވާން ފެށީ ކަމަށް ބޮޑަށް ބެލެވެނީ، ހަމަ އެވަގުތު ބޯޓު ވަނީ ފަޅުތެރެއަށް ވައްދާ ޕަންޕް ޖަހައި ދިޔަ ގަނޑު ކޮންޓްރޯލް ކުރަށް ފަށާފައި” އޭނާ ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަށް ގެއްލުން ނުލިބެ އެވެ.
އެވަރު ކުޑަ އަބަދު މީހުނަށް ހަޅޭއްލެވުންކަމަކީ، ހާދަ ފޫހިވެއޭ، ދެކޮޅުން ނާލުވެސް ނަގާ،
ނައީމްބެ އުޅެނީ މާ އަވަސް އަރުވާލައިގެން ، އަވަހަށް މުދާކޮޅު ހުސްކޮށްލާފަ ތުޅާދުއަށް ނުފުރިގެން …ރަގަޅަށް ވިއްޔާ ވާނީ ނިދާފަ ހުރީ ކަމަށް….