ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ފަންޑަށް ފައިސާ ހޯދުމަށް ޓެލެންޓް ޝޯ އެއް ބާއްވާން އެ ސްކޫލުން ތައްޔާރުވެއްޖެ އެވެ.
“ކުލަފޮށި 2015” ގެ ނަމުގައި ދަރިވަރުންގެ ހުނަރު ދައްކާލުމަށް ބާއްވާ މި ޓެލެންޓް ޝޯ އަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓްގެ އަގުތައް އުޅެނީ 5ރ، 7، އަދި 10ރ. އަށެވެ. އަދި މީގެ އިތުރުން ފުރަތަމަ ބަރީގެ ޓިކެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 50ރ. އަށްވުރެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް އެ ސްކޫލުން ބުނެ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި، އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރާއި ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ މި ޓެލެންޓް ޝޯ ގައި އެ ސްކޫލުގެ ހުރިހާ ގްރޭޑް ތަކުގެ ދަރިވަރުންގެ ތަފާތު ޑްރާމާތަކާއި ނެށުންތަކާއި އަދި މުނިފޫހި ފިލުވުމުގެ ތަފާތު އައިޓަމުތައް އޮންނާނެ އެވެެ.
މި ޓެލެންޓް ޝޯ ގެ ޓިކެޓް ބުދަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އެ ސްކޫލުން ވިއްކަމުންގެންދާނެ ކަމަށް އެ މަރުކަޒުން ބުންޏެވެ.
އަސްލު ވެސް އޭތި ކަޑަ…. ޓިކެޓު ތައް ވިއްކާ ހުސް ވެއްޖެ އޯ….
Ahuren hithah araa thiya sukoolun dharivarunge fundah faisaa hoadhany dharivarunnah kon kharadheh kuran baavaey. Tsk tsk tsk. Dhrin kiyeviya nudhy naacharangee kulhuvan ulhey sukooleh. . xD
ޝޯވ ގައި ޕާރފޯމް ކޮށްދޭ ދަރިވަރުނަށް ޓިކެޓް ގަނެގެން ޝޯވ އަށް ވަނުން ދެން ވަރަށް ހެއްވާ.. ލާރި ހޯދަން ވިޔަސް ދެން މީ ތަންކޮޅެއް ބޮޑުވަރެއް….
މިކަހަލަ ކަންތަކަކީ ފާހިސް ކަންކަމަށް މަގުފަހިވާ ކަންކަން . .މިކަހަލަ ކަންތަށް ސްކޫލުން ކުރާތީ ހިތާމަކުރަން . .