އެސްޓީއޯ އިން އޭދަފުށީގައި މާދަމާ ގޭސް ވިއްކަން ފަށަނީ

އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް، މި އިމާރާތުގެ ބައެއް ބައިތައް ކުއްޔަށްދޫކަން އެ ކުންފުނުނިން ވަނީ އިއުލާން ކޮށްފައި-- ފައިލްފޮޓޯ
އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް، މާދަމާއިން ފެށިގެން އޭދަފުށީން މޯލްޑިވްގޭސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނޭ– ފައިލްފޮޓޯ

 

ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ގޭސް ވިއްކުމަށް އެސްޓީއޯއިން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އޭދަފުށީގައި މާދަމާއިން ފެށިގެން ގޭހުގެ ޚިދުމަތްދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އޭދަފުށީ ފިހާރައިގެ މެނޭޖަރު އަހްމަދު ޒަމީލް ވިދާޅުވީ 500 ފުޅީގެ ސްޓޮކެއް މިއަދު މި ރަށަށް ގެނެސްފައިވާ ކަމަށާއި މާދަމާއިން ފެށިގެން ގޭހުގެ ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށެވެ.

ފަހަކަށް އައިސް އޭދަފުށީގައި ގޭސް ލިބުމުގެ މައްސަލަ ވަރަށްބޮޑަށް ދިމާވެ އާންމުންގެ ޝަކުވާ ލިބެމުންދާތީ، އެސްޓީއޯއިން މި މަސައްކަތް ފެށުމަށް މަގުފަހިކުރުމަށް އޭދަފުށީ ކައުންސިލުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއްވެސް ކޮށްފަ އެވެ.

އޭދަފުށީގައި މިވަގުތު ގޭސް ވިއްކަމުންދަނީ އަމިއްލަ ތިން ވިޔަފާރިވެރި އެކެވެ. އެއީ ވައިޓްވޯލް، ގޭސް ޕޮއިންޓް އަދި ކިރިލި ފިހާރައެވެ. ގޭސް ލިބުމުގެ މައްސަލަ އޭދަފުށީގައި ދޭތެރެ ދޭތެރެއިން ދިމާވިނަމަވެސް މިދިޔަ އަހަރު އެ މައްސަލަވަނީ ވަރަށްބޮޑަށް ކުރިމަތިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. jaaaa

    އެނގިފައިވާ ގޮތުން މިހާރު އޭދަފުށީގައި ގޭސް ވިއްކާ ފަރާތްތަކުން ބުނަމުން ދަނީ އެސްޓީއޯ އަށް ވުރެއް އަގު ހެޔޮކޮށް ގޭސް ވިއްކާނެ ކަމަށާއި އަދި ޑެލިވަރީވެސް ކޮށްދޭނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ މީހުން އެސްޓީއޯ ގޭހެއް ނުގަންނާނެ. އޭގެ ނަތީޖާއަކަށް ވަނީ އެސްޓީއޯ އިން ދެން ގޭސް ނުގެނައުން. ދެން ވާނެ ގޮތަކީ އެސްޓީއޯ ގޭސް ހަމަ ނުގެންނަން ފަށާއިރަަށް މިހާރު ގޭސް ވިއްކާ މީހުން އަގުބޮޑުކޮށް ޑެލިވަރީ ވެސް ނުކޮށްދޭނެ. ދެން ޖެހޭނީ އަގުބޮޑުކޮށް ގޭސް ގަނަނަން. މިކަމާ ހުރިހާބޭފުޅުން ވެސް ވަރަށް ބޮޑަށް ވިސްނުން އެދެން.

    ރައްދު
  2. ޢަލީ ބެ

    މިހާރު އެވީ ރަގަޅަށް، މިހާރު ނުޖެހޭނެ މީހަކަށް ބަރޯސާވެގެން ހުންނާކަށް. ދޯނި ނައިސްގެން ގެސް ނުލިބިގެނެއް

    ރައްދު
  3. މާއްޑޫ އަވަށު މީހާ...

    ގޭހުގެ އަގު ހެޔޮކޮށް ، ގޭގެއަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އޭދަފުށީ ރައްޔިތުން ބޭނުންވާ ގޮތް…. އޭރުން އެސް.ޓީ.އޯ ބޮޑު ފައިދާ ، އެގޮތަށް އެކަން ކޮށްފިއްޔާ ވައިވޯލް / ގޭސްޕޮއިންޓް ގޭސް ގޭގެއަށް ސަޕްލައިކުރަން ފަށާފާނެ…. ޕިކަޕަށް އަޅައިގެން ވިއްކަންވެސް ފަށާނެކަމަށް ވަރަށް ބޮޑަށް ލަފާކުރޭ!!!! ސާބަސް އެސް.ޓީ.އޯ އާޒިމަށް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.