
ބައެއް ސްކޫލުތަކުގައި މި އަހަރުގެ ފުރަތަމަ ޓާމް ޓެސްޓް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ޓެސްޓް ފަށައިފައި ވަނީ ހަމައެކަނި ސެކަންޑަރީ ގްރޭޑް ތަކަށެެވެ. ގްރޭޑް 7 ން ދަށުގެ ކްލާސްތަކަށް ޓެސްޓް ފަށާނީ އަންގާރަ ދުވަހު އެވެ.
ޕްރައިމަރީ އާއި ސެކަންޑަރީ ގްރޭޑް ތަކުގެ ޓެސްޓް ތަފާތު ދެ ތާރީހެއްގައި ތާވަލުކުރި ނަމަވެސް ގްރޭޑް 10 ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގައި ވެސް ޓެސްޓް ނިމޭނީ މި މަހުގެ 26 ގަ އެވެ. ގްރޭޑް 10 ގެ ޓެސްޓް ނިމޭނީ މިމަހުގެ 27 ގަ އެވެ.
ފުރަތަމަ ޓާމަށް ފަހު ސްކޫލުތައް ބަންދުވާނީ ޖޫން މަހުގެ 7-11 އަށެވެ. އަދި ހަފުތާއެއްގެ ބަންދަކަށް ފަހު ދެ ވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖޫން މަހުގެ 14 ގަ އެވެ.
ފުރަތަމަ ޓާމު ޓެސްޓް މިއަދު ފެށިއިރު މިއަހަރުގެ އޭ ލެވެލް އިމްތިހާނުވެސް މިހާރު ކުރިއަށްދެ އެވެ.