މީހުން ބިނާކުރުމަށް އޭދަފުށީގައި ތާފާތު ދާއިރާގެ ކޯސްތައް ހިންގާ ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އައުޓް ބޯޑް އިންޖީނު މަރާމާތުކޮށް ސާވިސްކުރަން ދަސްކޮށްދޭ ކޯހެއް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ފޭލިން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން އަންނަމަހު ފެށުމަށް ތައްޔާރުވަމުން އަންނަ މި ކޯހުގައި އައުޓް ބޯޑު އިންޖީނަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރަން ދަސްކޮށްދެވޭނެ ކަމަށެވެ.
ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ހިލޭ އެހީ ލިބެގެން ހިންގާ މި ކޯހުގައި ފޭލިން ބުނިގޮތުގައި މީހުން ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ނަން ނޯޓް ކުރާ ތަރުތީބުންނެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފޭލިން މިއަދު ވަނީ އާއްމުކޮށް ހުޅުވާލާފަ އެވެ.
ފޭލިން އައުޓް ބޯޑް އިންޖީނު މަރާތާތުކޮށް ބަލަހައްޓަން ދަސްކޮށްދޭ ކޯހެއް ފަށަން ނިންމާފައިވާއިރު، މީގެ ކުރިން ވެސް އެ ޖަމިއްޔާއިން މިކަހަލަ ފަންނީ ކޯސްތައް ހިންގައި ގިނަ ބަޔަކު ތަމްރީން ކޮށްފައިވެ އެވެ.