ފޭލި ގުރުއާން މުބާރާތަށް ފުރުސަތު ހުޅުވާލައިފި

ފޭލި ގުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. / ފޭލި
ފޭލި ގުރްއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. / ފޭލި

 

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ކޮންމެ ރޯދަ މަހަކު ބާއްވާ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި އަންނަ ރޯދަ މަހު ފަހުކޮޅު ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 30ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އަދި މުބާރާތުގެ ގަވައިދު އޭދަފުށީ ގުރުއާން ކްލާސްތަކުންނާއި ނިއަމިޓްރޭޑް ބުކްޝޮޕުން ލިބެން ހުންނާނެ ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.

ބަލައިގެން އަދި ހިތުން ކިޔަވާ ގޮފި ހިމެނޭގޮތަށް ހަތް އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި މިދިޔަ އަހަރު 300 އަށް ވުރެ ގިނަކުދިން ބައިވެރިވެފައިވެ އެވެ. މި މުބާރާތަކީ 2002 އިންފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. AHMED

    އުމުރުފުރާ އެގޭގޮތަށް ލިސްޓެއް އޮތްނަމަ މިލިޔުން ފުރިހަމަވީސް ************** އަދި މުބާރާތް އޮންނަ ދުވަސް އެގޭނަމަ ކުރިޔަށް ރާވާލަންވެސް އެގޭނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.