ޔަމަހާގެ ސެންޓަރެއް އޭދަފުށީގައި ހުޅުވައިފި

އޭދަފުށީ ޔަމަހާ ސެންޓަރު. ފޮޓޯ / އަބްދުﷲ ރަޝީދު
އޭދަފުށީ ޔަމަހާ ސެންޓަރު. ފޮޓޯ / އަބްދުﷲ ރަޝީދު

 

ޔަމަހާ އައުޓް ބޯޑް އިންޖީނު ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަ ބ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން އޭދަފުށިގައި ޔަމަހާ ސެންޓަރެއް ހުޅުވައިފި އެވެ.

އޭދަފުށީގައި ސްޕީޑް ލޯންޗުގެ ހިދުމަތްދޭ “ސޭލަމް މެރިން” އާއި އެލިއާ ގުޅިގެން ހުޅުވި މި ސެންޓަރު ހުންނަނީ އޭދަފުށީ ބަނދަރުމަތީގައި އެސްޓީއޯ ފިހާރަ ކައިރީގަ އެވެ.

ސޭލަމް މެރިން އިން ބުނީ ޔަމަހާގެ މި ސެންޓަރުގެ ސަބަބުން މާލެ އިން ލިބެމުން އަންނަ ފަސޭހަތައް މިރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން، ވަޒީފާގެ އިތުރު ފުރުސަތުތަކެއް އުފެދި، ދަތުރުފަތުރަށް ކުރި އެރުންތަކެއް ލިބި، ބ. އަތޮޅުގެ ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

“އަޅުގަނޑުމެން އަދި ފިހާރަ މި ހުޅުވީ، މިހާރުވެސް އަސާސީ ހުރިހާ އެއްޗެއް މިތަނުން ލިބޭނެ. ސާވިސް ސެންޓަރު އަދި މުޅިން ނުނިމޭ. އެތަންވެސް ވަރަށް އަވަހަށް ހުޅުވޭތޯ މިބަލަނީ،”

އެލިއާ އިން އަންނަނީ، ޔަމަހާ އިންޖީނުގެ އިތުރުން ޔަމަހާ ސައިކަލް ވެސް ވިއްކަމުންނެވެ. އެ ކުންފުނިން ޔަމަހާ އައުޓް ބޯޑް އިންޖީނު ވިއްކަމުން އަންނަތާ މި އަހަރު ވަނީ 40 އަހަރު ފުރިފަ އެވެ.

އެލިއާ އިން މީގެ ކުރިން ވަނީ ހދ. ކުޅުދުއްފުށީގަ އާއި ކ. މާފުށީގައި ވެސް އައުޓް ބޯޑް އިންޖީނާއި އެއާ ގުޅުން ހުރި ހިދުމަތްތައް ދިނުމަށް ސާވިސް ސެންޓަރެއް ހުޅުވައިފަ އެވެ. އެ ސެންޓަރުތަކުގެ ހިދުމަތް ގިނަ ބަޔަކު އަންނަނީ ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.