މަންދު ކޮލެޖުން މިއަހަރުގެ ދެވަނަ ސިމެސްޓާގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވަނީ ޝަރުއީ ދާއިރާ އާއި ތައުލީމާއި ވިޔަފާރީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެޑްވާސްޑް ސެޓްފިކެޓް އިން ފެށިގެން ޑިގްރީއާ ދެމެދުގެ ކޯސްތަކެވެ.
ލޭޓް އިންޓޭކަށް ހުޅުވާލާފައިވާ ކޯސްތައް:
• ފައުންޑޭޝަން ކޯސް ފޯ ޑިޕްލޮމާ ލެވެލް ސްޓަޑީޒް
• ފައުންޑޭޝަން ކޯސް ފޯ ޑިގްރީ ލެވެލް ސްޓަޑީޒް
• އެޑްވާންސްޑް ސެޓްފިކެޓް އިން އޮފީސް މެނޭޖްމަންޓް
• ޑިޕްލޮމާ އިން ޓީޗިން (ޕްރައިމަރީ އެންޑް މިޑްލް ސްކޫލް)
• އެސޯސިއޭޓް ޑީގްރީ އިން ޓީޗިންގ (ޕްރައިމަރީ އެންޑް މިޑްލް ސްކޫލް)
• ބެޗްލާސް ޑިގްރީ އިން އެޑިޔުކޭޝަން (ޕްރައިމަރީ އެންޑް މިޑްލް ސްކޫލް)
• ޑިޕްލޮމާ އިން ބިޒިނަސް (ހިއުމަން ރިސޯޓް، ބިޒިނަސް، އެކައުންޓިން، މާކެޓިން)
• އެސޯސިއޭޓް ޑިގްރީ އިން ބިޒިނަސް (ހިއުމަން ރިސޯޓް، ބިޒިނަސް، އެކައުންޓިން، މާކެޓިން)
• ބެޗެލަސް ޑިގްރީ އިން ބިޒިނަސް (ހިއުމަން ރިސޯޓް، ބިޒިނަސް، އެކައުންޓިން، މާކެޓިން)
• ބެޗެލާސް ޑިގްރީ އިން އެޑިޔުކޭޝަން (ސެކަންޑްރީ)
• ބެޗެލާސް އޮފް ލޯސް
• ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ
• އެސޯސިއޭޓް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ
• ބެޗްލާސް ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ
މަންދު ކޮލެޖުން ބުނިގޮތުގައި އެ ކޮލެޖުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަށުގައިތިބެ މަތީ ތައުލީމު ލުއި ފަސޭހަ ގޮތެއްގއި ހާސިލުކުރެވޭނެ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން އުރީދޫގެ 3 ޖީ ލިބޭ ކޮންމެ ތަނެއްގައިހުރި ދަރިވަރަކަށްވެސް މަންދު ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.