ދިރާގުގެ ސަބްމެރިން ކޭބަލް މާލެއާ ގުޅާލާފައިވާ ކޮޅު އުސް ފަސްގަނޑަށް ބަދަލުކުރަނީ

ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު
ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު

ދިރާގުގެ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމް މާލެއާ ގުޅާލާފައިވާ ކޮޅު، އުސް ފަސްގަނޑު ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން 2012 ވަނަ އަހަރު ހުޅުމާލެ އިން މާލެ އަށް އަދި މާލެ އިން ވިލިމާލެއަށް އަޅާފައިވާ ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހަދަށް ބަދަލުކުރަން ނިންމީ، މާލެ- ހުޅުލެ އާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައިވާ ބީޗް މޭންހޯލް ދިމާވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި އެ ކޭބަލް އަޅާ ނިންމައި، ހިދުމަތް ފުރިހަމައަށް ދޭން ފަށައިފަ އެވެ.

ދިރާގުން ބުނީ އެ ކޭބަލަކީ ތިމާވެށްޓަށް ކޮށްފާނެ ހުރިހާ ނޭދެވޭ އަސަރުތައް ދިރާސާ ކުރުމަށް ފަހު އަޅާފައިވާ ކޭބަލެއް ކަމަށެވެ.

ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު
ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު

އެ ކުންފުނިން ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ބީޗް މޭންހޯލް މިހާރު ހުރި ސަރަހައްދުގެ ހުޅަނގަށް، އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ޗައިނާގެ ވާވޭ އިން ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެ މަސައްކަތަށް ކުރަނީ އެކަމަށް ހާއްސަ ބޯޓު “ފްލިންޓް ރިވާ” އެ ސަރަހައްދަށް ގެނެސްގެން ކަމަށް ވެސް ދިރާގުން ބުންޏެވެ.

“މި މަސައްކަތް ވެސް ކުރެވެމުން ދަނީ ތިމާވެށްޓާއި ގުޅުންހުރި ސާވޭތައް ކުރެވިގެން. ބީޗް މޭންހޯލް ބަދަލުކުރުމުގެ މަސައްކަތް މި ހިނގާ މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭ. މަސައްކަތް ކުރަމުންދާއިރު އޭގެ ސަބަބުން ހިދުމަތަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ،” އެ ކުންފުނިން ބުންޏެވެ.

ދިރާގުން ނެރުނު ނޫސްބަޔާނެއްގައި އެ ޕްރޮޖެކްޓާއި ބެހޭގޮތުން ޑިރެކްޓަ މާކެޓިން އަހުމަދު މައުމޫން ވިދާޅުވެފައި ވަނީ އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލުމަށް ކަމަށެވެ.

ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު
ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު

“އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މި މަސައްކަތުގައި އަޅުގަނޑުމެންގެ އިތުރުން މި ބައިވެރިވާ ހުއާވޭ ކުންފުނީގެ އިންޖިނިއަރުންނަކީ މިފަދަ ކަމަކަށް އެންމެ ގާބިލު ބޭފުޅުން. މި މަސައްކަތް ކުރިޔަށްދާއިރު ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނުފޯރާ. އަދި މި މަސައްކަތް ކުރިޔަށް މި ގެންދެވެނީ މި ކަމަށް ބޭނުންވާ އެންމެހާ ތިމާވެށްޓާއި ގުޅުންހުރި ސާވޭތައް ވެސް ކުރެވިގެން،” މައުމޫން ވިދާޅުވެފައިވެ އެވެ.

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބު ވަނީ ބްރިޖްގެ މަސައްކަތް އެ ސަރަހައްދުގައި ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު އެ މިނިސްޓްރީގެ އެދުމުގެ މަތިން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް އެ މަސައްކަތްކުރަމުން ގެންދާތީ ދިރާގުގެ މެނޭޖްމަންޓަށް ހާއްސަ ޝުކުރެއް އާދާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.