މިހާރު ކުރިއަށްދާ ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 2 ގެ ބްލޮކް 1 ގެ ފައިނަލުގައި އޭދަފުށި ބަލިކޮށް ރ. ދުވާފަރުން ޗެމްޕިއަންކަން ހޯދައިފި އެވެ.
އޭދަފުށި ބްލޮކްގެ ފައިނަލަށް ދަތުރުކުރީ ރޭ ދަރަވަންދޫ ބަލިކޮށް ބ އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ދުވާފަރު ފައިނަލަށް ދަތުރުކުރީ އަތޮޅުން ބައިވެރިވެފައިވަނީ ވެސް އެރަށް އެކަނި ކަމަށްވާތީ އެ އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
މިއަދު ހަވީރު ކުޅެވުނު ފޯރިގަދަ ފައިނަލުގައި ދުވާފަރުން ކާމިޔާބުކުރީ 2 – 1 އިންނެވެ. މިއަދުގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދުވާފަރުގެ އިސްމާއިލް އިކްލީލް އެވެ.
ޒޯން ދޭއްގެ ބްލޮކް އެކެއްގެ ޗެމްޕިއަންކަން ދުވާފަރު ހޯދުމުން އެ ޓީމު ދެން ވާދަ ކުރަންޖެހޭނީ މި ޒޯންގެ ޅ. ނައިފަރު ޓީމާ އެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ. އެމެޗުން މޮޅުވާ ޓީމަކަށް ޒޯން 2 ގެ ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.