
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން އާއްމުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލި މެޕްސް ކޮލެޖްގެ ކޯސް ސެޓްފިކެޓް 3އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ކާމިޔާބުކަމާއެކު ފަށައިފިއެވެ. “ފުނަރަ ޕްރޮގްރާމް”އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)” ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3އިން އައިޓީ ކޯހުގައި ކިޔެވުމުގެ އިތުރުން، އިޖްތިމާޢީ،އިޤްތިޞާދީގޮތުން ބާރުވެރިވުމަށް ޒުވާނުންނަށް ބޭނުންތެރި ހުނަރުތައް އުނގަންނައިދެވޭނެއެވެ. މީގެއިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވުމާއެކު ވަޒީފާގެ މާޙައުލުގައި އެދަރިވަރުންނަށް ބޭނުންވާ ހުނަރުތައް މިކޯހުގެތެރެއިން ދަރިވަރުންނަށް އުނގަންނައިދެވޭނެއެވެ.
އޭގެތެރޭގައި އެތިކްސް އަދި މަސައްކަތުގެ މާޙައުލުގައި ވަގުތު ބޭނުންތެރިގޮތުގައި ހިފާނެގޮތުގެ އުކުޅުތައް ހިމެނެއެވެ. މިކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް ޚާއްޝަ އިންޓާންޝިޕް ފުރުޞަތުތަކެއް ލިބިގެންދާއިރު މިއީ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް އެޅޭނެ ބިންގަލެއްކަމަށް މެޕްސް ކޮލެޖުން މަޢުލޫމާތުދެއެވެ.
މިކޯހުގެ ހުރިހާ ކްލާސްތަކެއްގައިވެސް ކިޔަވައިދެއްވާނީ މެޕްސް ކޮލެޖުގެ އައިޓީ ދާއިރާއާއަށް ޙާއްޞަކުރެވިފައިވާ ލެކްޗަރާއިންނެވެ. އަދި ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ މެޕްސް ކޮލެޖުގެ ކޮމްޕިއުޓާ ލެބް ތަޖުރިބާކުރުމުގެ ފުރުޞަތު ކޯހުގެ ދަރިވަރުންނަށް ލިބިގެންދާނެއެވެ. ޢުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މިޕްރޮގްރާމްގެ ސަބަބުން މުޖްތަމަޢަށް ބޭނުންތެރި ޒުވާނުންތަކެއް ނެރެވޭނެކަމަށް އުއްމީދުކުރާކަމަށް ޓްރާންސްޕޭރެންސީއިން މ


