
މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަށް ވަންނަން އެދޭ ދަރިވަރުންނަށް އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލުން ބުނިގޮތުގައި ގްރޭޑް 11 އަށް ވަންނަން ބޭނުންވާ ކުދިންނަށް މިމަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.
އެ ސްކޫލުގެ ގްރޭޑް 11 އަށް ވަދެވޭނީ، އެސްއެސްސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމުން ފާސްވުމާއެކު، އޯލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށެވެ. އޭގެ ތެރޭގައި ސްޓްރީމް ދެ މާއްދާ ހިމެނެން ޖެހެއެވެ.
އެ ސްކޫލުގައި މިއަހަރު ވެސް އޭލެވެލް އަށް ފުރުސަތު ހުޅުވާލާފައިވަނީ ސައިންސް އާއި ބިޒްނަސްގެ މާއްދާތަކެވެ.
އެ ސްކޫލުން ބުނިގޮތުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭ ފަށާނެ އެވެ.


