
ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބ. އޭދަފުށީ ކަޝްމީރު، ޔޫސުފް ހަސަން ނިޔާވެއްޖެ އެވެ.
އުމުރުން 81 އަހަރުގައި އޭނާ ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެއުޅުއްވުމަށްފަހު ރޭ ދަންވަރު ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.
ޔޫސުފް ހަސަން ވަނީ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އޭދަފުށީގެ ކުޑަ ކަތީބު ކަމާއި އޭރުގެ އަތޮޅު އޮފީހުގެ ކާތިބު ކަމުގެ މަގާމް ހިމެނެ އެވެ. އަދި މިއަތޮޅު ބައެއް ރަށްރަށުގެ އޮފީސް ތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު
އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި “އީޓީ” ގެ ޓީމުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.
