މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައަޅަން މި މަހު ބާއްވާ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ބ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އިބްރާހިމް ސޯލިހު މާދަމާ ބ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.
ހަތަރު އަތޮޅަކަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަތޮޅަށެވެ. އަދި އިއްޔެ އެމަނިކުފާނު ވަނީ ނ. އަތޮޅުގެ ބައެއް ރަށްރަށް ވެސް ވަޑައިގެންފަ އެވެ.
ނ، ރ، ބ އަދި ޅ އަތޯލަށް ކުރައްވާ ރައީސްގެ ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ އަންގާރަ ދުވަހު އެވެ.