
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭދަފުށީ ސޭލްސް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.
އެގޮތުން މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވަނީ މޭކެޓިންގެ ސީނިއާ އޮފިސާގެ މަގާމަށާއި އެސިސްޓެންޓް އޮފިސާ އަދި ކްލާކްގެ މަގާމަށެވެ.
މިވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، މި މަހުގެ 6 ވަނަ ދުވަހުގެ ކުރިން، އެމްއައިބީ އަށް މެއިލް ([email protected]) ފޮނުވުމަށް ވަނީ އެދިފައެވެ.
އޭޓީއެމްގެ ޚިދުމަތަކާއެކު އެމްއައިބީގެ ހިދުމަތް އޭދަފުށީގައި ދޭން ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެ އޭޓީއެމާ އެކު އެމްއައިބީގެ ހިދުމަތް މުޅި ބ. އަތޮޅަށް ފުޅާކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީގެ އެ އޭޓީއެމުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި އެމްއައިބީގެ “އެޕްލައި ނައު” ޕޯޓަލް މެދުވެރިކޮށް އެކައުންޓް ހުޅުވުން ނޫން އެހެން ހުރިހާ ހިދުމަތަކަށް އެދެވޭނެ އެވެ.

