
އޭދަފުށީ ކައުންސިލަށް ގާނޫނީ ލަފާދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އޭދަފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކައުންސިލަށް ބޭނުންވާ ގާނޫނީ ލިޔުންތައް ފަރުމާކޮށްދިނުމާއި، ގާނޫނީ ލަފާދިނުމާއި ކައުންސިލުން ދައުވާކުރަންޖެހޭ އަދި ކައުންސިލަށް ދައުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުންފަދަ ގާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އޭދަފުށީ ކައުންސިލަށް ގާނޫނީ ލަފާދޭނެ ފަރާތެއް ހޯދަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 12 ވަނަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުމަށް ކައުންސިލުގެ އިއުލާނުގައި އެދިފައިވެ އެވެ.

