އޭދަފުށީ ކޮމިއުނިޓީ ޕާކްގެ މަސައްކަތް އަލުން ފަށައިފި

ބ. އޭދަފުށީގައި ހަދާ ކޮމިއުނިޓީ ޕާކުގެ މަސައްކަތް އަލުން ފަށައިފި އެވެ.

މިއީ އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށްގެން ބީއެމްއެލްގެ އެހީއާއެކު 2021 ވަނަ އަހަރުގެ ޖެނުއަރީމަހު އެ ޖަމިއްޔާއިން ހަދަންފެށީ ޕާކެކެވެ.

މަސައްކަތް ފެށިތަނާ ދެތިން ހަފްތާއެއްހާ ފަހުން މަސައްކަތް ހުއްޓާލީ، އޭދަފުށީ ކައުންސިލުން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މި ޕާކް ހަދަން ބިންދީފައިވާ ކަމަށްބުނެ އެ އިދާރާއަށް އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އަހަރެއްހާ ދުވަހުގެ މެދުކެންޑޫމަކަށްފަހު ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ވެސްޓް ވިންގްސް ޖަމިއްޔާއިން ފަށާފައިވަނީ އިއްޔެ އެވެ.

ވެސްޓް ވިންގްސް ޖަމިއްޔާއިން ބުނި ގޮތުގައި އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ހަދަން ނިންމީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ، ގުޅުން ބަދަހިކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމަށެވެ.

އޭދަފުށީ ދިރާގާ ދިމާ މޫދައްއެރޭ ސަރަހައްދުގައި ހަދާ މި ކޮމިއުނިޓީ ޕާކު ނިމޭއިރު ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަހައްދަކާއި އައުޓްޑޯ ލައިބްރަރީއެއްގެ އިތުރުން ޕިކްނިކް ދާ މީހުންނަށް އައުޓްޑޯ ޝަވަރާއި، ކެންޓީނެއްގެ އިތުރުން އެކި ސަރަހައްދު ތަކުގައި އައުޓްޑޯ ގޮނޑިފަދަ ތަކެތި ހުންނާނެ ކަމަށް ވެސްޓް ވިންގްސް ޖަމިއްޔާއިން ބުންޏެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ މިޕާކުގެ ސަބަބުން އޭދަފުށީގެ ހުޅަނގު އުތުރުފަރާތު، މޫދާއި ގޮނޑުދޮށް ބޭނުންކުރައްވާ އެންމެހާ ފަރާތްތަކަށް އިތުރު ލުއި ފަށޭހަ ތަކެއް ލިބިގެން ދިއުން،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.