
ބ. އޭދަފުށީ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލުތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާ ބައްދަލުކުރުމަށް ލާޒިމުކުރެވިފައިވާ ބައްދަލުވުގެ ތެރެއިން ފުރަތަމަ ބައްދަލުވުން އަންނަ ހުކުރު ދުވަހުގެ ރޭ 21:00 ގައި މަލްޓިޕާޕަސް ހޯލްގައި އޮންނާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރަށުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.
ނަމަވެސް ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެފަދަ ބައްދަލުވުންތަކަށް އަބަދު ވެސް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.

