
ބ. އަތޮޅު ކައުންސިލުން ބާއްވާ ގުރުއާން މުބާރާތް މިއަހަރު ތުޅާދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ ތުޅާދޫގައި މި މުބާރާތް ބޭއްވުމަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖެހެން ހުރުމާއެކު މިއަހަރު މި މުބާރާތް އެރަށުގައި ބާއްވަން ކައުންސިލުގެ ޓްރޭނިން އަދި ސްކިލްސް ޑިވެލޮޕްމަންޓް ކޮމެޓިން ނިންމާފައިވާ ކަމަށެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ ދަރިވަރުންނަށް މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.
ބ. އަތޮޅު ކައުންސިލުން ބާއްވާ ގުރުއާން މުބާރާތް އާއްމުކޮށް އޮންނަނީ ރަށްރަށުގެ ކައުންސިލުތަކުން ބާއްވާ ގުރުއާން މުބާރާޓް ނިމުމުންނެވެ.

