ތުޅާދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ އިއްޒަތު

އޯލެވެލް އިމްތިހާނުގެ ގަދަ 10 ގެ އެވޯޑް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢިއްޒަތުއާ ހަވާލުކޮށްދެއްވަނީ— ފޮޓޯ ރައީސް އޮފީސް

ބ. ތުޅާދޫ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިއްޒަތު ނަޒީރު ހޮވައިފި އެވެ.

މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އަށް ކިޔަވަމުން އަންނަ އިއްޒަތު ވަނީ ހަ މާއްދާއިން އޭ ސްޓާ އަދި ދެ މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ ދިހެއްގެ ތިން ވަނަ ހޯދައިފަ އެވެ.

އޭނާ އަށް އިނާމު ހަވާލުކޮށްދެއްވީ، ތުޅާދޫ ސްކޫލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރި މެހެމާން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމެވެ.

މިޖަލްސާގައި ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވީ، މިއަދު މިދެކޭ ގޮންޖެހުން ބޮޑު މުޖުތަމައުއަށް ދަރިވަރުން ނިކުންނަން ވާނީ ވަރަށް ރަނގަޅަށް ތަންދޮރު އޮޅުންފިލައި ތިބެ، ހެވާއި ނުބައި ރަނގަޅަށް ވަޒަންކުރަން އެނގިގެންކަމަށް ކަމަށެވެ.

ތުޅާދޫ ސްކޫލުން މިދިޔަ އަހަރު އޯލެވެލް ހެދި ކުދިންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް މިދިޔަ އަހަރު ވަނީ ކުރީ އަހަރަށްވުރެ އިތުރުވެފައެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދެމުން އަންނަ ތުޅާދޫ ސްކޫލުގައި 400 ދަރިވަރުން އަންނަނީ މިހާރު ތައުލީމް ހާސިލްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.