ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތު

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ވަރަށް ހާއްސަ އޮފަރއެއް ކުރިއަށް ގެންދެއެވެ.

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސްދުވަހު ރެހެންދި ޓާފު، ހުޅުމާލޭގައި ބެހެއްޓިފައިހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާރވިސް އެއް ނަންގަވައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަރނެޓް ޙިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެއެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު، މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ. އަދި މި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއަރގެ ފަރާތުން ދެމީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ. މެޗުތައް ކުރިއަށް ދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.