ފުލިދޫއާއި ތިނަދޫގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްގެ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން ވ. ފުލިދޫއާއި ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭޓީއެމްތައް ހުޅުވުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މިއަދު ތައާރަފުކުރި ދެ އޭޓީއެމްއާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

“އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުން ވެސް ބޭންކިންގ ޚިދުމަތް ލިބޭނެ. މާދަމާ ވ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު އަޅުގަނޑުމެން ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާ ވެސް ގާތުން އަސާސީ ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ،” ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 165 ސެލްފްސާވިސް ބޭންކިން ސެންޓަރު، 224 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.