އޭދަފުށީގައި ހޭދަކުރި ދުވާލާއި ރޭގަނޑުގެ އަހަރެންގެ ދިވެހި ޑައިރީ

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

(މިއީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ލިޔުއްވާފައިވާ ލިޔުމެކެވެ.)

ފްރާންސްގެ މަޝްހޫރު ލިޔުންތެރިޔާ ވިކްޓަރ ހިއުގޯ ލިޔުއްވި ފަދައިން، ކަނޑަށްވުރެ މާ ބޮޑު ރީތި މަންޒަރެއް ވެއެވެ. އެއީ އުޑެވެ. އަދި އުޑަށްވުރެ މާ ބޮޑު ރީތި މަންޒަރެއް ވެއެވެ. އެއީ އިންސާނާގެ ހިތުގެ ފުންކަމެވެ. ދިވެހިރާއްޖޭގެ ރީތިކަން އަޅުގަނޑުގެ ހިތް އުފާކޮށް ނުލާ ދުވަހެއް ނާދެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، އަޅުގަނޑުގެ ހިތަށް އެންމެ ބޮޑަށް އަސަރުކުރަނީ ހިތްގައިމު ގުދުރަތީ ރީތިކަމެއް ނޫންކަން އެނގިއްޖެއެވެ. އެއަށްވުރެ ބޮޑަށް އަސަރުކުރަނީ، އެއަށްވުރެ ފުރިހަމަ ރީތިކަމެއް ލިބިފައިވާ ރައްޔިތުންނެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

އޭދަފުށީ ކައުންސިލުން ދެއްވި ހޫނު ދައުވަތަކަށް ފަހު، އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންނަށް، ބ. އަތޮޅުގެ މި ރީތި ރަށަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނީ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ. އަޅުގަނޑުމެންނަށް މަރުޙަބާ ކީ، އެ ރަށުގެ ރައްޔިތުންގެ ހިތްތިރިކަމާއި އޯގާތެރިކަމުންނެވެ. ވަރަށް ހައިބަތުކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެމީހުންގެ ގާތްގުޅުން ދައްކުވައިދިނެވެ. ދިވެހި ސަގާފީ ނެށުންތަކާއި، ގޭތެރޭގައި ބޭނުންކުރާ ސާމާނާއި، މަސައްކަތްކުރާ ގޮތްގޮތް ދެއްކުމުން، ދިވެހިރާއްޖޭގެ މުއްސަނދި އަދި ކުލަގަދަ ތާރީޚާއި ސަގާފަތް ވަރަށް ފުރިހަމައަށް ދެނެގަތުމުގެ ފުރުސަތު ލިބުނެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

އެތަނުން ފެނުނު ގިނަ ސާމާނުތައް، އަޅުގަނޑު ޗައިނާގެ އިރުއުތުރުގެ ކުޑަ ރަށެއްގައި ކުޑައިރު ކާނާ ތައްޔާރުކުރަން އެހީވުމުގައި ބޭނުންކުރި ސާމާނުތަކާ ވަރަށް އެއްގޮތްކަން ފާހަގަކުރެވުނެވެ. މިފަދަ ހައިރާންކުރުވަނިވި ކަންކަމުން، އޭޝިއާގެ ސަގާފަތްތަކުގެ މެދުގައިވާ އޮތް އެއްގޮތްކަމާއި، ޗައިނާއާއި ދިވެހިރާއްޖޭގެ ގާތް ގުޅުން ހަނދާންކޮށްދިނެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިންގެ މެދުގައި އޮތް ބުއްދިވެރިކަން ހަނދާންކޮށްދިނެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

ޚާއްޞަ ކަލްޗަރަލް ނައިޓް އިވެންޓްގައި، އަޅުގަނޑުމެންގެ ވަފުދަށް ތައްޔާރުކޮށްފައިހުރި އެކި ބާވަތުގެ ސަގާފީ ކެއިންބުއިމާއި، ނެށުމާއި، މިއުޒިކުން އަނެއްކާވެސް އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލިބާހާއި ފޭލި ލައިގެން، އަޅުގަނޑުމެންނަށް ލިބުނު ބޮޑު މެހެމާންދާރީން، އަޅުގަނޑުމެންނަކީ ދިވެހިންނަށްވެފައިވާ ކަހަލަ އިހުސާސެއް ކުރެވުނެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

ހިތްގައިމު މިއުޒިކާއި، އެންމެން ހައިރާންކޮށްލި ކުޅިވަރުތަކާއި، ރައްޔިތުންގެ ހޫނު މެހެމާންދާރީއާއެކު، ހިތުން ފޮހެނުލެވޭނެ ރެއެއް އުފެދިގެންދިޔައެވެ. އަދި އެރޭގެ ހަނދާންތައް އަޅުގަނޑުގެ ހިތުގައި ވަރަށް ފުންކޮށް ހަރުލައިފިއެވެ. އަޅުގަނޑުމެންނަށް ލިބުނު ހޫނު މެހެމާންދާރީއާއި، ހުރިހާ ކަމެއް ތަރުތީބުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްތަކަށްޓަކައި، އަޅުގަނޑުމެން ނުހަނު ޝުކުރުވެރިވަމެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

އެމްއޭއެމް ޕްރީސްކޫލް – ބަހިއްޔާ ކެމްޕަސް އާއި، އަތޮޅުތެރޭގައި އެންމެ ފުރަތަމަ ހުޅުވުނު ސަރުކާރުގެ ސްކޫލް ކަމުގައިވާ ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ޒިޔާރަތްކުރުމަކީ، އުންމީދުކުރި ވަރަށްވުރެ މާ މޮޅު ތަޖުރިބާއެކެވެ. އެތަނުގެ ލޯބި ކުދިން، އެމީހުން އަމިއްލައަށް ހަދާފައިވާ ޗައިނާގެ ދިދައާއި ދިވެހި ދިދަ ހިފައިގެން އަޅުގަނޑުމެންނަށް މަރުޙަބާ ކިއެވެ. ޗައިނާގެ ލަވައަކަށް އެކުދިން ނެށިތަން ބެލުމަކީ ނުހަނު އުފާވެރި ކަމެކެވެ. ސާފުކޮށް ފެންނަން އޮތް ގޮތުގައި، ޕެންޑާއަކީ އެކުދިން އެންމެ ލޯބިވާ ތަރިކަން އަދި އެންމެ މަޝްހޫރު ޗައިނާގެ ސަފީރުކަން ވަރަށް ރަނގަޅަށް ފާހަގަވިއެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޒުވާން ދަރިވަރުން އެމީހުންގެ ހުނަރާއި، އަދަބުވެރިކަމާއި، މޮޅު ސުލޫކުން އަޅުގަނޑުމެން ހައިރާންކޮށްލިއެވެ. ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިހުރި މައުރަޒުގެ ސްޓޭންޑް، އެއީ ޗައިނާ ބޫތްކުރިމަތީގައި، އެކުދިން ޗައިނާއަށް ދައްކަމުންދިޔަ ބޮޑު ޝައުގުވެރިކަން ފެނި އަޅުގަނޑު ހިތަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. އަޅުގަނޑުގެ ޒުވާން ދިވެހި ރައްޓެހިންނޭވެ، ތިޔަ ހުރިހާ ބޭފުޅުންނަކީވެސް އަޅުގަނޑުމެންގެ ދެ ގައުމުގެ ގާތް ގުޅުމުގެ މުސްތަޤްބަލުގެ ސަފީރުންނެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުން އަޅުގަނޑަށް ފެނުނީ، ގައުމަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ތަޖުރިބާކާރު ކުޅުންތެރިންނާއި، ފުޓްބޯޅައިގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ ޒުވާން ކުޅުންތެރިންނެވެ. އެމީހުން ތަމްރީނުކޮށް ކުޅެމުން ދިޔައީ، މުޖުތަމަޢަށް އެހީތެރިވާ ޗައިނާއިން އުފައްދާފައިވާ ސޯލާ ޕެނަލްތަކުގެ ކައިރީގައެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

ބ. އަތޮޅު ހޮސްޕިޓަލުގައި، ޑޮކްޓަރުންނާއި ނަރުހުންގެ ހިދުމަތަށް ދެއްވާ ސަމާލުކަމާއި، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެބޭފުޅުން އަދާކުރައްވާ ދައުރާއި، އަތޮޅަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެބޭފުޅުންގެ ފަރާތުން ފެންނަ ގަދަ ހިތްވަރާއި، އަދި އެބޭފުޅުންގެ ހުނަރުވެރިކަމާމެދު އަހަރެން ވަރަށް ބޮޑަށް ހައިރާންވެ، ޝުކުރުވެރިވިން. ތިޔަބޭފުޅުންނަށް އަހަރެންގެ ފުރިހަމަ އިހުތިރާމާއި ނުހަނު ފުން ޝުކުރު އަދާކުރަމެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

ޗައިނާގެ ސަފީރެއްގެ ހައިސިއްޔަތުން، އަހަރެންގެ އެންމެ އިސް އެއް އަދާކުރުމަކީ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ. އެއީ ދެފަރާތަށްވެސް ފައިދާވާނެ ގޮތެއްގައި ގުޅިގެން މަސައްކަތްކޮށް، ގުޅިފައިވާ މުސްތަގުބަލެއްގެ މުޖުތަމަޢެއް ބިނާކުރުމަށްޓަކައެވެ. ކައުންސިލްގެ މެންބަރުންނާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އަހަރެންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނީ، ރައްޔިތުންނަށް އިސްކަންދިނުމަކީ، ދެ ގައުމުގެ ތާރީޚާއި މިހާރުގެ ހާލަތުން ވެސް ފެންނަ، ވަރަށް ފުންކޮށް ވަށައިގެންފައިވާ އަގުތަކެއްކަމަށެވެ. އަދި މި އަގުތަކަކީ މުސްތަގުބަލަށްވެސް އަހަރެމެންނަށް މަގުދައްކާނެ އަގުތަކެއްކަމަށެވެ.

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން—ފޮޓޯ/އޭދަފުށި ކައުންސިލް

ވަކިވުމަކީ ދުވަހަކުވެސް ފަސޭހަ ކަމެއް ނޫނެވެ. އޭދަފުއްޓަށް ކުރި އަހަރެންގެ މި ފުރަތަމަ ދަތުރު ނިމުމަކަށް އަންނައިރު، އަހަރެމެންގެ ރަހުމަތްތެރިކަން ދަނީ އާ އުސްމިންތަކަކަށް އަރަމުންނެވެ. މަންޒަރަށްވުރެ ރީތި ތިޔަ ރައްޔިތުންނަށް، އަހަރެންގެ ހުރިހާ ދިވެހި ރަހުމަތްތެރިންނަށް، (ކުރީގެއާއި އަލަށް ދިމާވި މީހުންވެސް ހިމެނޭ ގޮތުން) ޝުކުރިއްޔާ ދަންނަވަން ބޭނުމެވެ. ތިޔަބޭފުޅުންގެ އެހީތެރިކަމާއި އަހަރެމެންގެ ގުޅިފައިވާ މަސައްކަތުން، ޗައިނާ-ދިވެހި ރަހުމަތްތެރިކަމާއި އެއްބާރުލުމުގެ ގިނަ އާ އަދި ފުރިހަމަ ބާބުތަކެއް ކުރިއަށް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.