އެމްއޭއެމް ބިޒްނަސް ސްކޫލުން، އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން އޭދަފުށީގައި ކޮމްޕިއުޓަރ ކްލާސްތަކެއް ފަށްން ތައްޔާރުވެއްޖެ އެވެ.
“އެކްސެލް އިން އޮފީސް އޮޓޮމޭޝަން އެންޑް ކޮމްޕިއުޓަރައިޒޭޝަން” ގެ ނަމުގައި ފަރުމާކޮށްގެން ހިންގާ 30 ގަޑިއިރުގެ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ.
އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނިގޮތުގައި މި ކޯހުގައި ކިޔަވައި ދެއްވާނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހި ލެކްޗަރާއެކެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް މައިކޮރޯސޮފްޓް އޮފީސް ޕެކޭޖުގެ ވޯޑް، އެކްސެލް އަދި ޕަވަޕޮއިންޓް ދަސްކޮށްދޭނެ އެވެ. އަދި އެޑޯބީ ފޮޓޯޝޮޕް ބޭނުންކޮށްގެން ޑިޒައިންކޮށް އެނިމޭޝަން ފަދަ ތަކެތި ހެދުމުގެ ހުނަރު ދަސްވެގެން ދާނެ ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ބުންޏެވެ.
އެމް އޭއެމް ބިޒްނަސް ސްކޫލުން މިހާރުވެސް މާލެއާއި ރާއްޖޭގެ އެކިރައްރަށުގައި ތަފާތު ކޯސްތައްދަނީ ހިންގަމުންނެވެ. އެގޮތުން އޭދަފުށީގައި ކުޑަކުދިންނަށް ކޮމްޕިއުޓާ ކޯހެއްގެ އިތުރުން ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ހިންގަމުންނެވެ.
އެމްއޭއެމް ބިޒްނަސް ސްކޫލުން ބުނީ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7243311 ނަންބަރު ފޯނާ ގުޅައިގެން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

