ބ. އަތޮޅު ކައުންސިލުން އޭދަފުށީގައި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބެޑްމިންޓަން ލީގުގެ ކުޅުން މިއަދު ހަވީރު ފަށައިފި އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗް ދިރާގުގެ މައްޗަށް އަތޮޅު ކައުންސިލުން ކުރި ހޯދީ ޓައިގައި ކުޅުނު ހަތް މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކޮށްގެންނެވެ.
ދެވަނަ މެޗުގައި ބަޔޮސްފިއާ/އުރީދޫ/ބީއެމްއެލް ގުޅިގެން ނެރެފައިވާ ބޮބު ޓީމުގެ މައްޗަށް އަތޮޅު ތައުލީމީ މަރުކަޒުން ކުރި ހޯދީ ޓައިގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ.

