ކުލަ ފެސްޓިވަލް މާދަމާ ހަވީ

މިފަހަރުގެ އީދާ ދިމާކޮށް ކުލަޖެހުމުގެ ތަފާތު ކުޅިވަރުތަކާއެކު ވެސްޓް ވިންގްސް ޖަމިއްޔާއާއި ބީކޭ ގްރޫޕް ގުޅިގެން ބާއްވާ ކުލަ ފެސްޓިވަލް މާދަމާ ހަވީރު ބާއްވަން ނިންމައިފި އެވެ.

އެ ކްލަބުން ބުނީ ކުރިން މިއަދު ބާއްވަން ހަމަޖެއްސި ކުލަ ފެސްޓިވަލް ގިނަ ބައެއްގެ އެދުމުގެ މަތިން މިހާރު އޮންނާނީ މާދަމާ ހަވީރު 4:00-6:30 އަށް ކަމަށެވެ.

އޭދަފުށީ ހުޅަނގު ސަރަހައްދު ސަންސެޓް ބީޗުގައި ބާއްވާ މި ހަރަކާތުގައި، ކުލަ ޖެހުމުގެ ތަފާތު ހަރަކާތްތަކާއެކު ލައިވް ޑީޖޭ ވެސް ކުރިއަށްދާނެ އެވެ.

ވެސްޓް ވިންގުން ބުނީ އޭދަފުއްޓަށް މުޅިން އަލަށް ތައާރަފް ކުރެވޭ މި ފެސްޓިވަލް ކުރިއަށް ދާނީ ތަފާތު އެތައް އިވެންޓަކާ އެކުގިނަ ބައެއްގެ ބައިވެރިވުމާ ވެސް އެކުއެވެ.

“އަޅުގަނޑުމެންގެ ބޭނުމަކީ މި ފެސްޓިވަލާ އާއެކު ތަފާތު ގޮތަކަށް އެންމެންނަށްވެސް އީދު މަޖާ ކޮށްލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން. އާއިލާ އާއި އެކުވެރިންނާ އެކު އީދު ފާހަގަކޮށްލައި މަޖާކޮށްލަން ވަރަށް ރަނގަޅު ހަރަކާތެއް މިއީ،” ވެސްޓް ވިންގްސް އިން ބުންޏެވެ.

ވެސްޓް ވިންގްސް އިން ބުނި ގޮތުގައި “ވެސްޓް ވިންގްސް ކަލާ ފެސްޓިވަލް” ހަރަކާތުގައި ބައިވެރިވެވޭނީ މިކަމަށް ހާއްސަކޮށްފައިވާ 100ރ އަށް ވިއްކާ ޓީޝާޓެއް ލައިގެންނެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިންނަށް ފެސްޓިވަލަށް ހިލޭ ވަދެވޭނެ އެވެ.

މި ފެސްޓިވަލް ސްޕޮންސާ ކޮށްފައިވަނީ ރެޑްވޭވް އިންނެވެ. ކޯ ސްޕޮންސަރުންނަކީ ބެއްލާ ވިސްޓާ ރެސްޓޯރަންޓާއި ފްރެންޑްމީ އެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށީ ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.