
ދުނިޔޭގެ ސްކައުޓް ޖަމުއްޔާއިން ކޮންމެ އަހަރަކު އިންތިޒާމު ކުރާ ޖަމްބޮރީ އޮން ދަ އެއާ އަދި ޖަމްބޮރީ އޮން ދަ އިންޓަނެޓް( ޖޮޓާ ޖޮޓީ) ބ.އަތޮޅު މަދަރުސާގެ ސްކައުޓް ގްރޫޕް ކަމަށްވާ ފަސްޓް ބ. ސްކައުޓް ގްރޫޕުން ބާއްވައިފި އެވެ.
ބ. އަތޮޅު މަރަރުސާއިން ބުނިގޮތުގައި އޮކްޓޯބަރ 19-20 އަށް އެ ސްކޫލުގައި ބޭއްވި މި ހަރަކާތުގައި 95 ސްކައުޓުން ބައިވެރިވިއެވެ.
މިޙަރަކާތަކީ ދުނިޔޭގެ ސްކައުޓް ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް އިންތިޒާމު ކުރާހަރަކާތެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހެއްގެ ތިންވަނަ ހަފުތާ ބަންދުގައި ކުރިއަށް ގެންދާ މިހަރަކާތް ކުރިއަށްގެންދަނީ، މޯލްޑިވްސް އެމޭޗަރ ރޭޑިއޯ ސޮސައިޓީ ގެ އެހީތެރިކަމާއިއެކު އެވެ.
މިހަރަކާތަކީ ސްކައުޓް ދަރިވަރުންނަށް ދުނިޔޭގެ އެކި ޞަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ސްކައުޓުންނާއި ގާލްގައިޑުންނަށް އިންޓަނެޓާއި އެމޭޗަ ރޭޑިއޯގެ ޒަރީއާއިން މުވާޞަލާތު ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ހިންގޭ ޙަރަކާތެކެވެ.
ޖޮޓާ ޙަރަކާތް ފަށާފައިވަނީ މީގެ 60 އަހަރު ކުރިންނެވެ. މިގޮތުން މިއަހަރު މި ހިންގަނީ ޖަމްބޮރީ އޮން ދަ އެއަރ ގެ 61 ވަނަ ޖަމްބޮރީއެވެ. އަދި ޖޮޓާ ގެ 22 ވަނަ ޖަމްބޮރީއެވެ.

