ޑްރައިވިން ޓެސްޓް ހެދުމަށް ތައްޔާރުކުރި ޓްރެކް ހުޅުވައިފި

ޑްރައިވިން ޓެސްޓް ހެދުމަށް އޭދަފުށީގައި ތައްޔާރުކުރި ތަން އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ހުޅުވައި ދެއްވަނީ.– ފޮޓޯ:/ތޯރިގް އަބްދުއްރަހްމާން

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހަދަން ބ. އަތޮޅު ކައުންސިލުން އޭދަފުށީގައި ތައްޔާރުކުރި ޑްރައިވިން ޓެރެކް މިރޭ ހުޅުވައިފި އެވެ.

މިރަށު ހުޅަނގު ސަރަހައްދުގައި އަލަށް ގާއިމްކުރި ތަން ހުޅުވައި ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު އެވެ. މި ރަސްމިއްޔާތުގައި އޭދަފުށީގައިހުރި ސަރުކާރު އޮފީސްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މަބުރޫކް ވިދާޅުވީ މިއީ ބ. އަތޮޅު ކައުންސިލުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަދި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ.

ޑްރައިވިން ޓެސްޓް ހެދުމަށް ތައްޔާރުކުރި ޓްރެކް. ފޮޓޯ:/ތޯރިގް އަބްދުއްރަހްމާން

މަބުރޫކް ވިދާޅުވި ގޮތުގައި ގާތްގަޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާގެ މި މަސައްކަތް މީގެ ދެބައިކުޅަ އެއްބައިހާ ކުޑަ އަގަކުން ނިންމާލެވުނީ ކައުންސިލު އިދާރާގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ.

ބ. އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ބާއްވަމުން އަންނަނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އޭދަފުށީގަ އެވެ. މިވަގުތު މިއިމްތިހާން ބާއްވަމުން އަންނަނީ އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދުގެ ވެލި ބިމުގައެވެ. އެ ސަރަހައްދުގައި ޑްރައިވިން ޓެސްޓް ހަދާ ފަރާތްތަކުން ތަފާތު އެކި މައްސަލަތައް އަބަދުވެސް ކުރިމަތިވަމުންދާތީ އެކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ޑްރައިވިން ޓެސްޓް ހެދުމަށް ބ. އަތޮޅު ކައުންސިލުން ތައްޔާރުކުރި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އޮފީހުގެ މުވައްޒަފަކަށް ހަނދާނީލިޔުންދެނީ. މި ޓްރެކްގެ މަސައްކަތް ނިންމާލެވުނީ އެ އިދާރާގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުން

ނަމަވެސް މިރޭ ހުޅުވުނު ޑްރައިވިން ޓްރެކްގެ ސަބަބުން މި މައްސަލަތަކަށް ވެސް ހައްލެއް ލިބި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަވެގެންދާނެ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

“މިރޭ ޓްރެކް ހުޅުވިގެންދާއިރު އަދިވެސް ގޮންޖެހުންތައް ހުރި. އެގޮތުން ޓްރެކަށް ވަދެވެން އޮތް މަގު އެންމެ ރަނގަލަށް ތައްޔާރު ނުކުރެވޭ. އެ މަސައްކަތް ވެސް ވީހާވެސް އަވަހަށް ރަށުކައުންސިލާ ގުޅިގެން ނިންމާލެވޭތޯ ބަލަނީ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.