
ބ. އޭދަފުށީ ކައުންސިލާއި ކްލަބު އޭދަފުށިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ ޔޫތު މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާނުގެ އިތުރުން ކްލަބް އޭދަފުށީގެ ފަރާތުން އިބްރާހިމް އާމިރު (ސަލްސާ އާމިރު) އާއި މުހައްމަދު އިކްރާމު ބައިވެރިވެވަޑައިގެންނެވި އެވެ.
ތޮލާލު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މިހާރު ރަށުގައި ހުރި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި އިތުރަށް ބޭނުންވާ ވަސީލަތްތަކާބެހޭ ގޮތުންނެވެ. އަދި ރަށުގެ ޔޫތު ސެންޓަރު ބެލެހެއްޓުމަށް ރަނގަޅު އިންތިޒާމެއް ގާއިމުކޮށްދިނުމަށްއެދި މަޝްވަރާ ކުރެވުނުކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.
“އޭގެ އިތުރުން ސްޕޯޓްސް އެރީނާގެ ދަށުން ހަދާފައިވާ ފުޓްބޯޅަ ދަނޑަށް އިތުރަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުންވެސް މިނިސްޓަރާ މަޝްވަރާ ކުރެވުނު. މިކަންކަމަށް މިނިސްޓްރީން ދެވެން އޮތް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށަށް މިނިސްޓަރު ވިދާޅުވި އަދި އިތުރު ބައްދަލުވުމަކަށް މިނިސްޓަރު އަރިހުން އެދުނިން،”

މި ބައްދަލުކުރެއްވުމުގައި ކްލަބް އޭދަފުށިން ވަނީ އެ ކްލަބްގެ ޖޯޒީއެއް މިނިސްޓަރު މަހްލޫފަށް ހަދިޔާ ކޮށްފަ އެވެ.

އޭދަފުށީގެ ރައްޔިތުންނަށް މިހާރުން މިހާރަށް ދަތިކަމަކަށް އޮތީ ކުޅިވަރު ދަނޑުތަކާއި ކުޅިވަރު ކުޅޭތަންތައް އަޕްގްރޭޑްކުރުންތަ؟ ނޫނީ
ބޯހިޔާވަހިކަމުގެ މަޝްރޫއުތަ ؟