
ބ. އަތޮޅުގެ 23 އަހަރުންދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ކުޅުނު މެޗުން 4-1 އިން ކިހާދޫ އަތުން ބަލިވެ ދަރަވަންދޫ މުބާރާތުން ކަޓައިފި އެވެ.
ދަރަވަންދޫ ކެޓީ ބާކީ އެ ޓީމަށް އޮތް މެޗުން މޮޅުވި ނަމަވެސް ގްރޫޕް ބީ ގެ ސެމީ ފައިނަލުން ޖާގަ ނުލިބޭނެތީ އެވެ.
މި ގްރޫޕްގެ ތާވަލްގެ އެއް ވަނައިގައި އޮތީ 4 ޕޮއިންޓާ އެކު ގޮއިދޫ އާއި ކިހާދޫ އެވެ. ދެ ވަނައިގައި އޮތް ކުޑަރިކިލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ދަރަވަންދޫއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕް ބީން ސެމީއަށް ދާ ދެ ޓީމު ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުންނެވެ.
ދޮންފަނު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކިހާދޫގެ ހުސައިން އީމާން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަނީސް އާއި އަހްމަދު މިފްޒާލް އެވެ. ދަރަވަންދޫ ޓީމުންޖެހި ހަމައެކަނި ގޯލު ޖެހީ ހުސައިން ޔައުރިފު އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ގްރޫޕް އޭ އިން ސެމީން ޖާގަ ހޯދާފައިވާ އޭދަފުއްޓާއި ދޮންފަނެވެ.
